ވަގު ކޯޓާ ވިއްކައިގެން ކުރިން އިމިގްރޭޝަނުން ކަނޑާލި މިހާރުގެ ކޮންޓްރޯލަރ ޝަމްއާނުގެ އެދުމަށް ހައްދެއްނެތި ރާއްޖެއަށް ބިދޭސީން އެތެރެކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަނީ
ހައްދެއްނެތި ރާއްޖެއަށް ބިދޭސީން އެތެރެކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުުމަތްތަކާ ބެހޭ ކޮމިޓީގައި ވަޒީރު އަލީ އިހުސާން ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ. މިކަން ކުރުމަށް މަސައްކަތް ފަށާފައި މިވަނީ ވަގު ކޯޓާ ވިއްކައިގެން ކުރިން އިމިގްރޭޝަނުން ކަނޑާލި، މިހާރުގެ ކޮންޓްރޯލަރ ޝަމްއާނުގެ އެދުމަށެވެ.
ބަންގްލަދޭޝް މީހުން ވަގުތީ ގޮތުން މަނާ ކޮށްފައި އޮތުމަށްފަހު އެއްވެސް ހައްދެއް ނެތި އެކަން ހުޅުވާލުމަށް މަސައްކަތް ފަށާފައި މިވަނީ ސީދާ ހިޔުމަން ޓްރެފިކިން މައްސަލަތަކަށް ޖާގަ ދިނުމަށެވެ. މިކަމަކީ މަތީ މަގާމުތަކުގައި ތިބި މީހުން ނުހައްގު ގޮތުގައި އާމްދަނީ ހޯދުމަށް ހުޅުވާލާ ދޮރެކެވެ. މިނިސްޓަރު ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ގިނަ އަދަދަކަށް ބިދޭސީން ރާއްޖެއަށް ބޭނުންވާނެ އެވެ.
މިހާރުވެސް ހިޔުމަން ޓްރެފިކިންގެ އެތައް މައްސަލައެއް އަންނަނީ ފެންމަތިވަމުންނެވެ.
އެއްލައްކަ ބަންގްލަދޭޝް މީހުންގެ ލިމިޓް ހަމަވުމާއެކު އެ ލިމިޓު އުވާލުމަށް މަޖިލީހުގައި އެދޭނެ ކަމަށް އިހުސާން ވަނީ މިއަދު މަޖިލީހުގެ ކޮމިޓީގައި ބުނެފަ އެވެ. ސުވާލަކީ މި މިންވަރަށް ބިދޭސީން އެތެރެ ކުރުމަށް މި މަސައްކަތް ކުރަނީ ކޮން ބޭނުމެއްގައިތޯ އެވެ؟
އެއްލައްކަ މީހުންނަށް ރާއްޖެ އާދެވޭ ގޮތަށް ހުޅުވާލާނީ ވެސް ފިޔަވަޅުތަކެއް އެޅުމަށް ފަހު ކަމަށް އިހުސާން ބުނި ނަމަވެސް އެ ކަމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިއީ ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ލިބޭނެ ކަމެއްގެ ގޮތުގައި ސިފަ ކުރިޔަސް މި ކަމަކީ ބިދޭސީން ރާއްޖޭގައި ގިނަވެ އެކަމުން ދިމާވާ މައްސަލަތައް އިތުރުވާނެ ކަމެއް ކަމަށް ހުރިހާ ދިވެހިންވެސް އެއްބަސް ވާނެ އެވެ.
މިއީ ވަކި ބައެއްގެ އަމިއްލަ ފައިދާއަށް އިންސާނީ ހައްގުތަކާ ވެސް ހިލާފަށް ނިންމާ ނިންމުމެކެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4