ވަށަފަރު މީހުން އުނބަށް ޖެހުމަކީ ދިވެހި ހަރުބަހެއް، ޕުރޯ ޔާމީނު ވާން މުއިއްޒަށްވެސް މަޖުބޫރު ވެެއްޖެ
ގެންދަވާނީ ދައްކަވަން ހުރިތަނެއް ދައްކަވާފައޭ މުސްކުޅިން ބުނާތީ އަބަދުވެސް އަޑުއަހަމެވެ. އެކަލަ ވަށަފަރު ކައްޒާބު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވާނެކަން ޔަގީންވުމުން އަނެއްކާވެސް އުނބަށް ޖަހަން ފަަށައިފިއެވެ. އެކަލަ ރިޔާސީ އިންތިހާބުގައި ގެންގުޅުނު ހުސްގޮނޑިއާއި ހަމަ އިސްކޮޅަށްވުރެ ބޮޑު ތަސްވީރު ފެނިއްޖެއެވެ. ތިލަކޮން ބުނާނަމަ ރައީސް ޔާމީން މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށްވެސް ވިއްކަން ފަށައިފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫގައި އިއްޔެ ބާއްވަން މަސައްކަތްކުރި ޖަލްސާއަށް މީހުން ނުދިއުމުން އެޖަލްސާ ކެންސަލްކޮށް މަރަދޫގައި ރޭ ވަނީ މަވޯޓާ ޝަރީފް ކުއްޔަށް ނެގި ބަޔަކާއި ސަރުކާރު މުއައްޒަފުން މަޖުބޫރުން އެއްކޮށްގެން ޖަލްސާއެއް ބާއްވާފައެވެ.
އައްޑޫ ސިޓީ ރައްޔިތުންގެ ތާއީދު މިސަރުކާރަށް ނެތްކަން ކަށަވަރުވުމުން ރޭގެ ޖަލްސާގައި ވަށަފަރު މުއިއްޒު ވަނި 100 ދުވަސް ފަހުން ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކުރައްވާ ކެމްޕެއިންގެ ހަރަކާތެއް ހިންގަވާފައެވެ. މުއިއްޒު ހުވާކުރި ދުވަހަށް ފަހުން، މިދިޔަ ތިން މަހުގެ ތެރޭގައި އާއްމު ތަނެއްގައި ރައީސް ޔާމީންގެ ނަންފުޅު ފުރަތަމަ ފަހަރަށްވެސް ވިދާޅުވީ ރޭގައެވެ. ނަމަވެސް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ނިދުމުގެ ކުރިންވެސް އަދި ނިދާ ހޭލުމަށް ފަހު ރައީސް ޔާމީންގެ ހަނދާނުގައި ސުކޫތުތައް ދިޔައީ ގެންނަމުންނެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭކަމަށާއި، ކައްޒާބުގެ ސަރުކާރުގެ ތެރެއިން އެއްވެސް މީހަކު އެއްވެސް ވަރަކަށް ރައީސް ޔާމީނަށް އިންސާފު ލިބުނަ ނުދޭން ހުރަސް ނާޅާނެކަމަށެވެ. އިންސާފު ލަސްވަނީ ޝަރުއީ ނިޒާމުގެ ދޯހަޅިކަމުން ކަމަަށް ސިފަވާގޮތަށް ވާހަކަ ދައްކަވާފައެވެ. އަދި ރައީސް ޔާމީނަށް އިންސަފުލިބި އަވަހަށް މިނިވަންވާނެކަމަށް އުއްމީދު ކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
ދުވަސްކޮޅެއް ކުރިން ޕީއެންއެފް ބޭވި ޖަލްސާއެއްގައި ރައީސް ޔާމީނު ވިދާޅުވީ ކުރިން ސަރުކާރުންދިން ލުޔެެއް ފިޔަވާ އިތުރު ލުޔެއް ނުލިބޭކަމަށާއި، އަދި މި ސަރުކާރުން އެމަނިކުފާނުގެ ފޯނަން ޖަވާބުވެސް ނުދެެއްވާކަމަށެވެ. އަދި ކެންޕޭނުގައި ރަށްތަކަށް ދެވޭނެ ގޮތަށް ލުއި ރައީސްއަށް ދެއްވޭނެކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުކޮށް، މިހާރު މުއިއްޒު އަނެއްކާވެސް މަސައްކަތް ކުރައްވަނީ މަޖިލިސް އިންތިހާބުގައިވެސް ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ރައީސް ޔާމީން ވިއްކައިގެން ވޯޓް ހޯދުމަށްކަމަށް ރައީސް ޔާމީންގެ ސަޕޯޓަރުން ގެންދަނީ ތުހުމަތު ކުރަމުންނެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4