ނޯ ކޮންފިޑެންސް ވޯޓު ނަގަން އެންމެ ބޮޑަށް ޕްރެޝަރ ކުރަމުން ދަނީ ސެންބެގެ ފެކްޝަނުން
ވަށަފަރު ކައްޒާބު ވެރިކަން ވެފައިވަނީ އެންމެ އަވަހަށް އެންމެ ބޮޑަށް ތާއީދު ގެއްލި ރައްޔިތުންގެ ނުރުހުން އަމާޒުވި ވެރިކަމަށެވެ. ނަޝީދުވެސް، ވަހީދުވެސް، ޔާމީނުވެސް އަދި އިބޫ ވެސް ވެރިކަމުގެ ފުރަތަމަ ދެތިން އަހަރެއް ހަނީމޫން ދުވަސްކޮޅު ދުއްވާލައެވެ. ރައީސުލްޖުމްހޫރިއްޔާ ދެކިލަން ރަށްރަށުގެ ރައްޔިތުން ބަނދަރު މައްޗަށް ޖަމާވެ ރައްޔިތުންގެ އިހުތިރާމު ލިބުނެވެ. އެހެންނަމަވެސް މުއިއްޒުގެ ވެރިކަމަށް 3 މަސް ނުވަނީސް މިވަނީ ގިނަ އަދަދެއްގެ ރައްޔިތުންގެ ރުޅިވެރިކަން އަމާޒުވެ، މިހާރު ވޯޓެއް ނެގިޔަސް މަގާމު ގެއްލޭ ހިސާބަށް ތާއީދު ދަށްވެފައެވެ.
މިކަން މިހެން އޮތުމުން ރައްޔިތުންގެ އެދުމާ އެއްގޮތަށް މަޖިލިސް މެދުވެރިކޮށް ޤާނޫނު އަސާސީއިން ލިބިދޭ ހައްގުގެ ދަށުން މުއިއްޒު އަޒުލުކުރުމަށް އިދިކޮޅު މެންބަރު މިވަނީ ވޯޓު ހަމަކޮށްފައެވެ. މިކަމަކީ މުއިއްޒަށް ހަޖަމުވާ ކަމެއް ނޫނެވެ. އަދި އަމުދުން ސާޖިދާގެ ޖަލްޕަރީ ދިރިއުޅުން ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވެއެވެ. މިކަމުގައިވެސް ސިޔާސީ ގޮތުން ކުރި ހޯދުމުގެ ބަދަލުގައި މުއިއްޒު ނިންމާފައިވަނީ ގަދަބާރު ދައްކައި މަޖިލިސް މެންބަރުންތަކެއް ހައްޔަރަށްލައި ވޯޓު ނެގިޔަ ނުދީ އަސްކަރިއްޔާ މަޖިލީހަށް ވައްދާށެވެ. މިކަމުގެ އުޒުރެއްގެ ގޮތުން ސާޖިދާ އެޅީހާ ބަތަކަށް ރިހަވެގެން ތިބޭ އޭސީސީ އިން ވަނީ މަޖިލީހުގައި ތިބި އިދިކޮޅުގެ 8 މެންބަރަކަށް އެކިއެކި ތުހުމަތުކޮށް އެމީހުން ހައްޔަރު ކުރުމަށް ފުލުހުންގެ އިދާރާއަށް ފޮނުވާފައެވެ. އެނގިފައިވާ ގޮތުގައި މަޖިލީހުގެ މެންބަރުތަކެއް ގަނޑުކޮށް ހައްޔަރު ކުރުމުން އެތައް ބަޔެއްގެ ނުރުހުން އަމާޒުވާނެތީ މުއިއްޒު ނިންމާފައިވަނީ މަޖިލީހުގެ އިންތިޚާބުގެ ފަހުން މިކަން ކުރާށެވެ. މަޖިލިސް އިންތިޚާބު އަވަސް ކުރަން މުއިއްޒު ބޭނުންވާ އެއް ސަބަބަކީ މިޔެވެ. އަނެއް ސަބަބަކީ ގައުމު ބަނގުރޫޓުވީމައި އައިއެމްއެފުން ދޭ ބެއިލްއައުޓް ޕެކޭޖް ނެގުންވެސް މަޖިލިސް އިންތިޚާބުގެ ފަހަށް ޕްލޭން ކޮށްފައި އޮތުމާއި، މާލިއްޔާގައި އެއްވެސް ފައިސާއެއް ނެތުމުން ބެއިލްއައުޓް ޕެކޭޖް ނެގުން ލަސްކުރެވެން ނެތުމެވެ.
އެނގިފައިވާ ގޮތުގައި މުއިއްޒުގެ ނޯ ކޮންފިޑެންސް ވޯޓު ނަގަން އެންމެ ބޮޑަށް ޕްރެޝަރ ކުރަމުން ދަނީ ސެންބެގެ ފެކްޝަނުންނެވެ. މިގޮތުންގެ ސެންބެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލީ އެތައް ބަޔަކު ކަޓުވާލުމާއި، ޕީއެންސީ ޕްރައިމަރީ ނެގި މީހުންވެސް ނަން ނެގުވުމާއި އަދި ނަން ނުނަގާ މީހުނާ ދެކޮޅަށް އަމިއްލަ ނަމުގައި ސީދާ މުއިއްޒު ކެންޑިޑޭޓުން ނެރުން ހިމެނެއެވެ. މިކަމާ ގުޅިގެން އަސްލު ޕީޕީއެމް އަދި ޔާމީނުގެ ފިކުރުގައި ތިބި މަދު މަޖިލިސް މެންބަރުން ދަނީ މުއިއްޒު އަޒުލު ކުރުމަށް ސިއްރިއްޔާތުގައި އެމްޑީޕީ ގައި އެދެމުންނެވެ. އަދި ދާދި ފަހުން ބާޒާރު ރޭޓަށްވުރެ އަގު ހެޔޮކޮށް ގަނެގެން ގެންދިޔަ މަޖިލިސް މެންބަރުންގެ ފަހު ޕޭމަންޓް ނުލިބިގެން އެމީހުންވެސް ތިބީ މުޅިއަކުން ހިތް ހަމަޖެހިގެނެއް ނޫނެވެ. ހަމަ މިހާރު ކުރިމަތީގައި ޑޮލަރު ކޮޅެއް ދައްކާލިޔަސް ވައްވައް ޖަހަން ފަށާނެއެވެ.
މުއިއްޒު އަޒުލުކުރުން އޮތީ މަޖިލިސް އިންތިޚާބަށް ފަހުއެވެ. އިންތިޒާރު ކޮށްލައްވާށެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4