މުއިއްޒާއި ކަޓް މުއާޒް
ކަޓުގެ ގޮތުގައި މުއިއްޒު ދޭން އެންގި 100 މިލިއަން ރުފިޔާ ސުންގަޑީގެ ކުރިން ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދް (ކަޓް މުއާޒް) ދައްކާ ނިންމުމުން އެސްޓީއޯ ދަށަށް ފެނަކަ ބަދަލުކުރުން ކެންސަލްކޮށްފިއެވެ.
މުއިއްޒަށް ދޭންޖެހޭ ވަރަށް ކަޓް ނުދީ މުއާޒް ފެނަކަ ތެރެއިން ހިންގާ ޑީލްތައް ފަޅާއެރުމުން އަންނަ ޖެނުއަރީން ފެށިގެން އެސްޓީއޯ ދަށަށް ފެނަކަ ބަދަލުކުރާ ގޮތަށް އޮތީ ނިންމާފައެވެ.
ނަމަވެސް މުއާޒް އާދޭސްކުރަން ފެށުމުން އެ ނިންމުން ބަދަލުކުރަން މުއިއްޒު ދިން ހަމައެކަނި ގޮތަކީ މިއަހަރު ނިމުމުގެ ކުރިން 100 މިލިއަން ރުފިޔާ ހޯދަދިނުމަށެވެ.
މިއީ މުއިއްޒު ޕީއެންސީގެ މަޖިލިސް މެމްބަރުން ކޮންޓްރޯލްކުރަން ދޭ މުލިޔާގެ އިނާޔަތް ޕެކޭޖް ނުހުއްޓި ދޭން ބޭނުންވާ ފައިސާއެވެ.
މި ކަންތައްގަނޑުގެ ތެރޭގަ މުއާޒް ވަނީ މުއިއްޒު ދެކެ ރުޅިއައިސްގެން ހޮޅި ފެކްޝަން ދޫކޮށް އަދުރޭގެ ޓިނު ފެކްޝަނާވެސް ގުޅިފައެވެ.
ނަމަވެސް އިތުރަށް ކަޓް ލިބެން އޮތީ އެސްޓީއޯ ދަށަށް ނުގޮސް މަޑުޖައްސާލައިގެން ކަމަށް ވުމުން މުއިއްޒު އެންގި ގޮތަށް މުއާޒް ވަނީ 100 މިލިއަން ރުފިޔާ ދީފައެވެ.
ނިންމުން ބަދަލުކުރަން މުއިއްޒަށް ލަފާދިނީ މުއާޒްއާ ގުޅިގެން ބޮޑެތި ޑީލްތައް ހިންގަމުންދާ ފައިނޭންސް މިނިސްޓަރ މޫސާ ޒަމީރުއެވެ. މިކަމާ ގުޅޭ ތަފްސީލްތައް އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގަ ހާމަކުރަމުންދާނަމެވެ.
ނިންމުމެއް ބަދަލުކުރުން ނުވަތަ އުނބަށްޖެހުމަކީ މުއިއްޒު އަލަށް ކުރާ ކަމެެއް ނޫނެވެ. ނަމަވެސް މި ނިންމުމުން ވެސް ހާމަވެގެންދަނީ ސަރުކާރުގެ ކޮންޓްރޯލް ހަގީގަތުގަ މުއިއްޒު އަތުގަ ނެތް ކަމެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4