އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން އަންގައިފި
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން އަންގައިފިއެވެ. މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ ފަރާތްޕުޅުން ބޭވި ބައްދަލުވުން
އެ މިނިސްޓްރީން މިފަދައިން އެންގީ މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ ފަރާތްޕުޅުން މިދިޔަ ބުދަ ދުވަހު އެ ކޮމާންޑްގެ ހުރިހާ މުވައްޒަފުންނާއެކު ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމާއި ޕޮލިޓިކަލް ޑިރެކްޓަރު މަޝްހޫރު އިންސްޓަގްރާމް މޮޑެލް ފާތިމަތު ސަފާ އަހްމަދު ބޭއްވި ބައްދަލުވުމުގައެވެ.
އެ ކޮމާންްޑްގެ މުވައްޒަފުންނާ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް ދެއްކެވި ވާހަކަފުޅުގައި ވަނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވެން ނެތް ކަމަށް އަންގާފައެވެ. އެކަމާ ގުޅިގެން އެތަނުގެ މުވައްޒަފުން ތިބީ ވަރަށް ހިތްހަމަނުޖެހިފައެވެ.
އަޅުގަނޑުމެންނަށް މައުލޫމާތު ދެމުން އެތަނުގެ ބައެއް މުވައްޒަފުން ބުނީ އެމްޑީޕީ ސަރުކާރުން ބޮޑުކޮށްފައިވާ މުސާރަ ނުދެވޭނެ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ނަރުހުންނާ ޑޮކްޓަރުންގެ މުސާރަ ވެސް ބޮޑުކޮށް އެމްޑީޕީ ސަރުކާރުގައި ދިޔައީ ބޮޑު މުސާރަ ދެމުން. ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް ވިދާޅުވީ އަޅުގަނޑުމެންނަށް ބޮޑު މުސާރަ ދޭނެ ފައިސާއެއް ނެތޯ. މިއީ ކިހާ ބޮޑު ޖޯކެއްތޯ. ބަޖެޓް އޮތީ މަޖިލީހުން ފާސްކޮށްފައި. ނަރުހުންނާއި ޑޮކްޓަރުންނަށް ބޮޑު މުސާރަ ދެވޭ. އަޅުގަނޑުމެންނަށް ވީމަ ފައިސާއެއް ނެތް،" އެތަނުގެ މުވައްޒަފަކު ކިޔައިދިނެވެ.
ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް އާއި އިމިގްރޭޝަނާއި ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ހިމެނޭހެން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ. އަދި އެ ފައިސާ ވަނީ އަންނަ އަހަރަށް ލާފަކޮށް މަޖިލީހުން ފާސްކުރި ބަޖެޓްގައި ވެސް ހިމަނާފައެވެ.
ނަމަވެސް އެ ނިންމުމާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު މުސާރަ ނުދޭން އުޅެނީ އެމްޑީޕީއަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށް ގިނަ ބަޔަކުދެކެއެވެ. އެކަމަކު ހަގީގަތުގައި ޖެއްސުން އެކުރެވެނީ ރައްޔިތުންނަށެވެ. މުވައްޒަފުންނަށް ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން އަނގަޔާއި އަތާއި ދިމާނުވާތީ، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސް ސޯލިހު ނިންމެވި ނިންމެވުން ތަންފީޒު ނުކުރައްވަން ޑރ. މުއިއްޒު އުޅުއްވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
0%
0%
0%
0%
0%
ޑދޮން
30 ޑިސެންބަރު 2023
ޕޮލިިހުންނާ ސިފައިން ކަސްޓަމް އިމިގްރޭޝަން އަށް ބަރާބަރަށް ހައްގުވާ ހިސާބުން ޕްރޮމޯޝަން ދެވޭއިރު އެތަނަށް ނުދެވޭންވީ ސަބަބު ތިޔަނޫސް މެދުވެރިކޮށް މައުލޫމާތު އެއްކޮށް ދެއްވާފަ ހާމަ ކުރޭ..މަދު ބަޔަކަށް ޕްރޮމޯޝަނއ ދެމުން ގެންދަނީ.ބައްލަވާ 15 ނޫނީ ވިހި އަހަރުވާއިރުވެސް އެތިބެނީ އާދައިގެ އޮފިސަރުންގެގޮތުގައި.ދެއަހަރުން ދޭންޖެހޭ ގްރޭޑް ވެސް ނުދީ އެލިފަހައްޓަނީ...މިއީ އިހުމާލެއް.
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4