"މި ސަރުކާރުގެ ވިސްނުމާ އެއްގޮތް ކަމެއް. އެއީ ބާރުތައް އެއްކޮށް މާލެ ސަރަހައްދަށް ޖަމާކޮށް، ޖަޒީރާވަންތަކަން ނައްތާލުން," ނަޒީލް
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ ނަޒީލް ވިދާޅުވެއްޖެ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ކައުންސިލްތަކުގެ އަތުގައި ހުރި 1.2 ބިލިއަން ރުފިޔާއަށް އަތްލައި، ކައުންސިލްތަކުގެ ބާރުވެރިކަން ނިގުޅައިގަތުމަށް ކަމަށެވެ.
އެމްޑީޕީގެ ޖަގަހައިގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޒީލް ވިދާޅުވީ، މަޖިލިސް މެންބަރުންގެ ބައްދަލުވުމެއްގައި ހުށަހެޅިފައިވާ ހުށަހެޅުމެއްގައި ވަނީ ކައުންސިލްތަކުގެ ސައިޒު ކުޑަކޮށްލައި، ކައުންސިލް ގްރާންޓް އަލަށް އުފައްދާފައިވާ ލޯކަލް ކައުންސިލް މިނިސްޓްރީ މެދުވެރިކޮށް ޖަމާކުރުމަށް ކަމަށެވެ.
"މިއީ މިހާރުގެ ސަރުކާރާއި ކުރީގެ ޕީޕީއެމް ސަރުކާރުގެ ވިސްނުމާ އެއްގޮތް ކަމެއް. އެއީ ބާރުތައް އެއްކޮށް މާލެ ސަރަހައްދަށް ޖަމާކޮށް، ޖަޒީރާވަންތަކަން ނައްތާލުން," ނަޒީލް ވިދާޅުވިއެވެ.
ނަޒީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލްތަކަކީ ގާނޫނުގައި ލިޔެވި، ރައްޔިތުންގެ ވޯޓުން ހޮވޭ ބައެއްގެ ގޮތުގައި ހަދާފައިވާ، މާލީގޮތުންނާއި ރަށުގެ ބިމުގެ ބާރުވެރިކަން ލިބިފައިވާ ފަރާތްތަކެކެވެ. އަދި ކައުންސިލްތަކަށް ދެވޭ ގްރާންޓަކީ ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ދެވޭ 5% ގެ ފައިސާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ބުނާ ގޮތުގައި، ސަރުކާރުން ލާމަރުކަޒީ ނިޒާމު ރޫޅާލަން ރަސްމީކޮށް މަސައްކަތް ފަށައިފިނަމަ، އެ ޕާޓީން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެއެވެ.
0%
0%
0%
0%
0%
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
8 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4