ޑިމޮކްރަސީގެ ބެލެހެއްޓުން ބަލިކަށިކުރުމަށް ރައީސް މުޢިއްޒު ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ބޭނުންކުރައްވާކަމަށް ރައްޔިތުން ތުހުމަތުކުރޭ

Democracy beleheh'tun balikashi kurumah Raees Muizzu, haradhu kudakurumge fiyavalhuthah baynun kurahvaa kamah rayyethunge thuhumath kurey!

ރައީސް މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ ސިޔާސީ މަޤާމުތަކުގެ އަދަދު 700 އަށްވުރެ އިތުރުނުވާނެ ކަމަށް، ނަމަވެސް، މިހާރު އެ އަދަދު 1800 ހުރަސްކޮށްފި!

0

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތާ ގުޅޭގޮތުން ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ. އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި މި ސިޔާސަތަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ބަލަހައްޓާ މިނިވަން މުއައްސަސާތަކުގެ ބާރު ހަނިކުރުމަށް އަމާޒުކޮށްފައިވާ ސިޔާސީ އެޖެންޑާއެކެވެ.

ޚަރަދު ކުޑަކުރުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމަށް ފާޑުކިޔާ ފަރާތްތަކުން ހުށަހަޅައެވެ. ރައީސް މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ ސިޔާސީ މަޤާމުތަކުގެ އަދަދު 700 އަށްވުރެ އިތުރުނުވާނެ ކަމަށެވެ. ނަމަވެސް، މިހާރު އެ އަދަދު 1800 އަށްވުރެ އިތުރުވެފައިވާކަމަށް ބުނެވެއެވެ. މީގެ އިތުރުން، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރެވޭ ސިޔާސީ މަޤާމުތަކުގެ މުސާރަ ކުޑަކުރުމަށްވެސް ހުށަހެޅިފައިވެއެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ރައީސް މުޢިއްޒު އިޢުލާންކުރައްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން
- ކައުންސިލް މެންބަރުންގެ އަދަދު މަދުކުރުން
- އެކިއެކި ކޮމިޝަންތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުކަން ހަރުދަނާކުރުން
- އާސަންދައާއި އެންއެސްޕީއޭގެ ޤަވާއިދުތައް ހަރުދަނާކުރުން

ރައީސް މުޢިއްޒު ހުށަހަޅުއްވާފައިވާ އިޞްލާޙީ ފިޔަވަޅުތަކަކީ ދުރު މުސްތަޤްބަލަށް އަމާޒުކޮށްފައިވާ ކަންކަމެވެ. މިގޮތުން، ލޯކަލް ކައުންސިލްތަކުގެ އަދަދު މަދުކުރުމަށް ހަމަޖެހިފައިވަނީ 17 މެއި 2026 ގައި އަދި ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ 2029 ގައެވެ. ނަމަވެސް، މިހާރުން މިހާރަށް ތަންފީޒުކުރެވެނީ ހަމައެކަނި މިނިވަން މުއައްސަސާތަކުގެ އަދަދު މަދުކުރުމުގެ މަސައްކަތެވެ. މިކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޤާބިލުކަން މި ކޮމިޝަންތަކަށް ގެއްލިގެންދާނެކަމަށް ބެލެވެއެވެ.

އިތުރުން، ރައީސް މުޢިއްޒު ހުށަހަޅުއްވާފައިވާ އާސަންދަ އަދި އަސާސީ ދާއިރާތަކަށް ދެވޭ ސަބްސިޑީއާ ގުޅޭ ހުށަހެޅުންތަކުން ރައްޔިތުންނަށް ސީދާ އަސަރުކުރާނެކަމަށް ލަފާކުރެވެއެވެ. ގިނަ ރައްޔިތުންގެ ޚިޔާލަކީ، ސަރުކާރުގެ ނިޔަތް ރަނގަޅުނަމަ، އެންމެ ފުރަތަމަ ފަށަންވާނީ ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމުން ކަމަށެވެ.

މި ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކުރެވެމުންދާއިރު، ސަރުކާރުގެ އަސްލު މަޤްޞަދާމެދު ސުވާލު އުފެދެމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ސިޔާސީ މަޤާމުތަކުގެ އަދަދު އިތުރުވަމުންދާއިރު، މި ފިޔަވަޅުތަކުގެ އަސްލު މަޤްޞަދަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4