އަބްދުއްރަހީމް ނިންމުމަކީ ރައީސް މުއިއްޒުގެވެސް ނިންމުން
ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ ތެރޭގައި ފިތުނަ އުފެއްދިކަމުގެ ތުހުމަތުކޮށް، ބައެއް މެންބަރުންނަށް ރައްޔިތުން މަޖިލީހުގެ ޕްރައިމަރީގައި ވާދަ ކުރަން ފުރުސަތު ނުދިނުމުން، ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ކަނަން ފުކަށް ބީތާއަށް ގޮވާނަގަނީއެވެ. މިކަމުގެ ފެކްޓު ޗެކް ކޮށްލަން ފެކްޓު ޗެކްކުރާ ސޯޝަލް މީޑިއާ ކުދިން ކޮޅަށް ނުކެރުމުން ދޮންއަމާ އެކަން ކޮންލަދޭނަމެވެ.
މިއީ، އަބްދުއްރަހީމް އެކަނި ކުރާކަމެއް ނޫނެވެ، މިކަމުގެ މޭސްތިރިއަކީ ރައީސް ޑރ މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ސާޖިދާގެ އިންޓެލިޖެންސް ޓީމުން އެއްކުރެވުނު މައުލޫމާތުގެ އަލީގައި އެޅުނު ފިޔަވަޅު ތަކެކެވެ. ޖެހިގެން އުޅެނީ ޕާޓީއަށް ހިދުމަތް ނުކުރުން، ނުވަތަ މަސްލަހަތު ގެއްލުވާލުމުގެ މައްސަލަކަމަށް ސިޓީގައި ލިޔުނީ މީޑިއާ ޑައިވާޓު ކުރަން ކަމަށް ދޮންއަމައަށް މައުލޫމާތު ދެމުން ރައީސް ޔާމީނަށް ލޯޔަލް އެކްޓިވިސްޓަކު ކިޔައިދިނެވެ.
އަބްދުއްރަހީމް އަކީ މުއިއްޒުގެ މިތުރެއް، އަދި ޕާޓީ ކޮންޓްރޯލް ކުރަން ގެންޅޭ މޫނުމަތި
ޖެހިގެން މިއުޅެނީ ރައީސް ޔާމީނުގެ ކެނޑިޑޭޓުންތަކެއް ޕީޕީއެމް/ ޕީއެންސީ ކޯލިޝަން ޕްރައިމަރީގައި ވާދަކުރަން ނުކުތުމެވެ. އެމީހުންގެ ލޯޔަލިޓީ ގުޅޭނީ ގޮސް ރައީސް ޔާމީނުއާ ކަން މުއިއްޒަަށް މާ ރަނގަޅަށް ފަހުމުވެއެވެ. އެހެންވެ، ޔަގީނުް ނުވާމީހަކަަށް ޓިކެޓު ނުދޭ ރައީސް ވަނީ އަދުރޭއަށް އަންގާފަކަމާއި، މުއިއްޒަށް ލޯޔަލު ނޫން ދިމާތަކަށް މީހުން ނެރެފަ ވާނެކަމަށްވެސް ދޮންއަމައަަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމް/ ޕީއެންސީ އޮފީސް ތެރޭގައި ހިނގި ހަމަނުޖެހުން
އަދި ރިޔާސީ އިންތިހާބު 2 ވަނަ ބުރުގައި ކޯލިޝަން ހެދުމުގެ ތެރޭން 9 ގޮނޑިއެއް ވަނީ 3 ޕާޓީއަކަށް ވިއްކާލައި، ލާރިވެސް ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ނަގާފައެވެ. މިގޮތުން އެމްޑީއޭ އަަށް 3 ގޮނޑި، ޖުމުހޫރީ ޕާޓީއަށް 3 ގޮނޑި އަދި އެމްއެންޕީއަށް 3 ގޮނޑި ވިއްކާލާފަ ވާކަން ސާފުވާވަރަށް މަންޒަރު ފެނެއެވެ. މައުލޫމާތު ލިބޭގޮތުގައި 16 މިލިއަން ރުފިޔާ މީއިން ކޮންމެ ޕާޓީއެއްގެ ލީޑަރު (މަހުޖަނުން) ވަނީ މުއިއްޒުގެ ކެންޕޭނަން ހަރަދުކޮށްފައެވެ.
އަދިވެސް ގޯސްވާންވީ އަބްދުއްރަހީމް ތޯއެވެ؟ ތިޔަބޭފުޅުން އަމިއްލައަށް ސުވާލުކޮށްލާށެވެ. އަބްދުއްރަހީމް އަކީ ހަމަ ދައްކާލާ ފޮޓޮއެކެވެ. ކަންކުރަނީ ފަހަތުގައި ހުރި ރަސްވަގެެވެ. އަދި އެމީހާ ވަށައިގެން އެނބުރޭ އަނދިރި ދައުލަތެވެ. ރައްޔިތުން ވިސްނައިގެން ތިބޭށެވެ. ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކޮށްގެ ފާރަލަމުން އެދަނީ ތިޔަ ރަށްޔިތުންނަށެވެ. ފޯނު އަޑުއެހުމާއި، ސޯޝަލްމީޑިއާ އެދަނީ މޮނިޓަރ ކުރަމުންނެވެ. ޓެލެގްރާމް، ނޫނީ ވަޓްސްއެޕް ބޭނުންކުރާށެވެ. އަދި ވީޕީއެން ބޭނުން ކޮށްގެން ސޯޝަލް މީޑިއާގައި ލިޔެހަދާށެވެ. އިތުބާރު ނުކުރެވޭ މީހުން އަތަށް ފޯނު ނުދޭށެވެ. ހުދުމުހުތާރުކަމުގެ ސިފަ މިދަނީ ތަކުރާރު ވަމުންނެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4