މި ހަރަކާތް ކުރިއަށްދާނެ ގޮތާމެދު މުޅި ޤައުމު ވަނީ ކަންބޮޑުވުމާއި އުންމީދާ ދެމެދުގަ
އެމްޑީޕީން މި މަހުގެ 10 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ހަރަކާތް ހުއްޓުވުމަށް ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ އެންމެހައި ވަސީލަތްތައް ބޭނުންކުރަމުންނެވެ. މި ކަމަށްޓަކައި ސަރުކާރުގެ އެންމެހައި ވަސީލަތްތައް ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންނާއި ސަރުކާރު ކުންފުނިތަކަށް އަންގަވާފައެވެ. މިއީ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ނުރައްކާތެރި މިސާލެއް ކަމަށް ސިޔާސީ ދާއިރާގެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކަށް ވަޓްސްއެޕް ގްރޫޕްތައް މެދުވެރިކޮށް އެއްވުމާ ދެކޮޅަށް ވާހަކަދެއްކުމަށް އަންގާފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، 4 ޓީވީ ޗެނަލެއް މެދުވެރިކޮށް ސަރުކާރަށް ތަޢުރީފުކުރުމާއި ރައީސް މުޢިއްޒުގެ ޅަފަތުގެ ވާހަކަތައް ދައްކަމުންދާކަންވެސް ފާހަގަކުރެވެއެވެ. މިއީ ސަރުކާރުން މީޑިއާ މެނިޕިއުލޭޓް ކުރަމުންދާކަމުގެ ހެއްކެއްކަމަށް ޑިމޮކްރަސީއަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.
ރައީސް މުޢިއްޒު އަމިއްލަފުޅަށް މަސްވެރިންގެ ބަޔަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް އުންމީދުތަކެއް ދެއްވައި، އެއްވުމުގައި ބައިވެރިނުވުމަށް އެދިވަޑައިގެންފައިވާކަން ލިބިފައިވާ މަޢުލޫމާތުން އެނގެއެވެ. މިއީ ރައްޔިތުންގެ ޙައްޤުތަކަށް ނުފޫޒު ފޯރުވުމުގެ ސީދާ މިސާލެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
ހޯމް މިނިސްޓަރު އަދި މިލިޓަރީ ކޮމާންޑަރު އިޙްސާން، ފުލުހުންނަށް އަންގަވާފައިވަނީ މި ހަރަކާތުގައި އެއްވެސް ކަހަލަ ނުރައްކަލެއް ފެނިއްޖެނަމަ ވަގުތުން ހުއްޓުވުމަށެވެ. އަދި މިކަމުގައި "ޒީރޯ ޓޮލަރެންސް" ގެންގުޅޭނެ ކަމަށްވެސް އަންގަވާފައިވެއެވެ. މިއީ ސުލްޙަވެރި އެއްވެއުޅުމުގެ މިނިވަންކަމަށް ބިރުދެއްކުމުގެ ނުރައްކާތެރި ފިޔަވަޅެއްކޅެއްކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ތާރީޚީ ޙަޤީޤަތަކީ އެމްޑީޕީއިން މިފަދަ ބިރުދެއްކުމަކަށް ފަހަތަށް ނުޖެހޭނެ ކަމެވެ. އަތޮޅުތަކުން ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް މާލެ އަންނާނެކަމަށް ލަފާކުރެވެއެވެ.
އެމްޑީޕީގެ އިސް މެންބަރެއް މި ނޫހާ ވާހަކަދައްކަވަމުން ވިދާޅުވީ، "ސަރުކާރުގެ މި ޢަމަލުތަކަކީ ރައްޔިތުންގެ އަޑު ފަނޑުކޮށްލުމަށް ކުރާ މަސައްކަތްތަކެކެވެ. އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި ސުލްޙަވެރިކަމާއެކު އެއްވެ، އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ފާޅުކުރުމަށެވެ. ސަރުކާރުން މިހާ ބޮޑަށް ބިރުގަންނަންޖެހޭ ސަބަބެއް ނެތެވެ."
މި ހަރަކާތް ކުރިއަށްދާނެ ގޮތާމެދު މުޅި ޤައުމު ވަނީ ކަންބޮޑުވުމާއި އުންމީދާ ދެމެދުގައެވެ. އެމްޑީޕީން ބުނާގޮތުގައި އެއްވުން ކުރިއަށްދާނީ ރޭވިފައިވާ ގޮތަށް ސުލްޙަވެރިކަމާއެކުގައެވެ. އަދި ރައްޔިތުންގެ އަޑު އުފުލުމަށް ދާންޖެހުނު ކޮންމެ ހިސާބަކަށް މި ޕާޓީން ދާން ފަސްނުޖެހޭނެ ކަމާމެދު ޝައްކު ނުކުރުމަށް ހަނދާންކޮށްދިނެވެ.
މި ހާލަތުގައި، ދެފަރާތުންވެސް ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ޑިމޮކްރަސީގެ އަސާސްތަކަށް އިޙްތިރާމްކުރުމަކީ މުހިންމު ކަމެކެވެ. ސުލްޙަވެރި އެއްވެއުޅުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމުގައިވާއިރު، މި ޙައްޤު ރައްކާތެރިކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ.
0%
0%
0%
0%
0%
18 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
8 ނޮވެންބަރު 2024
0
8 އޮކްޓޫބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4