ފައިސާއަށް ވޯޓާސް ލިސްޓު ބަދަލުކުރީ ޕީއެންސީގެ ރަޖިސްޓުރާ އަފޫ ހާމިދު
ޕީއެންސީގެ ރަޖިސްޓްރާ އަދި ކެނދިކުޅުދޫ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓު އަފޫ ޙާމިދު ފައިސާއަށް ވޯޓާސް ލިސްޓު ބަދަލު ކުރި ވާހަކަ ދައްކާ އޯޑިއޯއެއް މި ނޫހަށް ލިބިއްޖެއެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް މި އޯޑިއޯ ފޮނުވީ ޕީއެންސީގެ އެކްޓިވިސްޓެކެވެ.
ޕީޕީއެމް/ ޕީއެންސީ ގެ ޕްރައިމަރީ ބޭއްވީ ޕާޓީގެ އަމިއްލަ ވޯޓާސް ލިސްޓަކަށް ކަމުން، ޕާޓީގެ ވޯޓާސް ލިސްޓަށް އުނި އިތުރު ގެނައުމަކީ ނުހަނު ފަސޭހަކަމެކެވެ. އަދި ޕާޓީގެ ރަޖިސްޓްރާއަކަށް ކޮރަޕްޓު މީހަކު އިނދެފި ނަމަ މީ ނުހަނު ފަސޭހައިން ޗައްކަރު ޖަހާލެވޭނެ ކަމެކެވެ.
ފުނަދޫ ދާއިރާގެ ޕީއެންސީ ޓިކެޓު ހާސިލު ކުރި މަމުދޫހް
ނިމިދިޔަ، ސަރުކާރު ކޯލިޝަންގެ ޕްރައިމަރީ ފެށުނީވެސް ޑިމޮކްރަސީ އޮޅާލައި، ކޮށާ ކުދި ކޮށްފައެވެ. ބައެއް ކެނޑިޑޭޓުން ފެއިލްވީ އަދުރޭއަށް ދޭންޖެހޭ ފައިސާ ނުދިނުމުންނެވެ. އަނެއް ބަޔަކު ޔާމީނުއަށް ލޯޔަލްވުމުންނެވެ. މިވާހަކަ ބާއްވަމާ ހިނގާށެވެ.
ވޯޓާސް ލިސްޓު ފައިސާއަށް ބަދަލުކޮށްދިން އަފޫ ހާމިދުއަކީވެސް ޕްރައިމަރީއަކާ ނުލައި ޓިކެޓު ހާސިލް ކުރި ބޭފުޅެކެވެ. ޕްރައިމަރީގައި 3 ބޭފުޅަކު ވާދަކުރަން ނަން ހުށަހެޅިއެވެ. އެކަކުލީ ޖަލަށެވެ. އަނެކަކު ދޭންޖެހޭ ލާރި ނުދިނުމުން، ޕާޓީގެ ހިދުމަތް ނުކުރާ ކަމަށް ބުނެ ބޭރުކޮށްލީއެވެ.
މި އޯޑިއޯގައި މިދައްކަނީ ފުނަދާއިރާގެ ވާހަކައެވެ. ފުނަދޫ އަންމަޑޭއަކީ ޕްރޯ ޔާމީނުގެ މީހެއްކަމަށް ބުނެ، ގަސްތުގައި ވޯޓާސް ލިސްޓު ބަދަލުކޮށްގެ އަންމަޑޭ ކަޓުވާލީއެވެ. ފުނަދޫ ގުޑުލަކު އަހައްމަދަކީ ޕީޕީއެމްގެ ޓިކެޓުގައި ނުކުމެ ފުނަދޫ ކައުންސިލުގެ ރައީސްކަން 3 ދައުރު ކުރަމުން އަންނަ ޕުރޯ ޕީޕީއެމް ލީޑަރެކެވެ.
ށ. ފުނަދޫ އަހްމަދު އިބުރާހިމް ފުޅު
އަންމަޑޭގެ ކުށަކީ އަފޫ ހާމީދަށް އަދި އަދުރޭއަށް ލާރި ނުދިނުންކަމަށް އަންމަޑޭގެ ކެންޕޭނު ޓީމުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން، ށ މިލަންދޫ ދާއިރާގައި ނަބީލު ކަޓުވާލީ ސީދާ މިގޮތަށް އޮޅުވާލައިގެންކަމަށް ނަބީލުގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ. "މިއަދު މިމީހުން ރައީސް ޔާމީނާ ގުޅޭނެ، އަދި މަޖިލީސް އިންތިހާބުގައި ވާދަވެސް ކުރާނެ"
0%
0%
0%
0%
0%
އަސްލު
11 ފެބުރުވަރީ 2024
އަސްލުވާ ގޮތަކީ ފުނަދޫގެ ސިޔާސީ ބާރުވެރިކަން އަންމަޑޭގެ ފަރާތުން އެދިޔައީ... ޔާމީނޭ ފެންފޯކޭ ކިޔާނެ ކަމެއްނެތް
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4