މުއިއްޒު ށ. ފުނަދޫ ބިންހިއްކަނީ އަމާބުނީތީ ފަރަށްދާ އުސޫލުން- ސަރުކާރު ކެޑިޑޭޓު ހުންނެވީ ހަނު
ފުނަދޫ ރައްޔިތުން ބޭނުންވާ ގޮތާއި ދެކޮޅަށް އެ ރަށުގެ ބިން ހިއްކުމަށް މުއިއްޒު މަސައްކަތް ފަށައިފި އެވެ.
ފުނަދޫ ރައްޔިތުން ބޭނުންވަނީ ބިން ހިއްކާ ނިމޭއިރު ފުނަދޫ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބުމަށެވެ.
ފުނަދޫ ކައުންސިލުން އާންމުކުރި ގަރާރުގައި ކައުންސިލުން ބުނެފައިވަނީ މިނިސްޓްރީން ބިން ހިއްކުމަށް ހިއްސާކޮށްފައިވާ ގޮތަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް މައްސަލައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ކައުންސިލުން ބޭނުންވާ ގޮތަށް ބޭނުންވާ ބަދަލުތައް އޭގައި ހިމަނައިދިނުމަށް ގަރާރުގައި އެދިފައިވެއެވެ.
ކައުންސިލުން ބޭނުންވަނީ ބިން ހިއްކުމުގެ މަޝްރޫއުގައި ފުނަދޫގެ ގިރާ ސަރަހައްދުތަކަށް ވެލި އެޅުމާއި ރަށުގެ އިރުމަތީ ފަރާތުން ހިއްކުމަށް ޕްލޭންކޮށްފައިވާ 2 ހެކްޓަރުގެ ބަދަލުގައި އެ ސަރަހައްދުން ހިއްސާ ނިސްބަތް އިތުރުކޮށް ދިނުމަށެވެ.
އަދި ރަށުގެ ބޭރު ތޮށީގެ ބޭރު ހިއްކުމުގެ މަޝްރޫއުގެ ތެރޭގައި ހިމަނައިދިނުމަށް ކައުންސިލުން އެދިފައިވާއިރު މިނިސްޓްރީން މަސައްކަތް ކުރަނީ އެ ބަދަލުތަކާއި ނުލާ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަމަޖައްސައި ކައުންސިލުން ކުރެހުން ފާސްކޮށްދިނުމަށް މިނިސްޓްރީން އެދިފައިވާ ކަމަށް ކައުންސިލްގެ ގަރާރުގައިވެ އެވެ.
ކައުންސިލުން އެދޭ ބަދަލުތައް ނުހިމަނައި މުއިއްޒު ފުނަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން އުޅޭތީ އެކަމާއި ބައެއް ކައުންސިލް މެމްބަރުންވެސް ތިބީ ހިތްހަމަ ނުޖެހިފަ އެވެ.
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4