ފުންމިން ނޭނގޭ އަނދިރި ކަބަޑުކޮޅަކާ މުއިއްޒު
ރައިސް މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރަމުންދާ ދަތުރުގަ މުއިއްޒުގެ ކަބަޑުކޮޅަށް ލާންޖެހޭ ބައެއް ތަކެތި އެޤައުމުން ހަވާލުކޮށްފިއެވެ.
އެތަކެތީގެ ގިނަކަމުން މުއިއްޒު ޝަކުވާކުރި ނަމަވެސް ކުރިން އިންޑިއާ އާއި މޯދީއަށް ބަދުބަސް ބުނެފައި ހުރުމުން އެ ހުރިހާ ސާމާނު ގަދަކަމުން ކޮއްޕައިގެންވިޔަސް މުއިއްޒުގެ ކަބަޑުކޮޅަށް ލުންނޫން އިތުރު އޮޕްޝަންއެއް މުއިއްޒަކަށް ނެތެވެ.
ފުރަތަމަ ދިނީ އުތުރުތިލަފަޅުގެ ޗާޓެކެވެ. މި ޗާޓު އިންޑިއާގެ ފަރާތުން ހަވާލުކޮށްދިނީ ރޯހިތު ނަމަކަށް ކިޔާ މީހެކެވެ. ޗާޓު ހަވާލުކުރީ އެ ގަޑީގަ މުއިއްޒުގެ ކަބަޑުކޮޅަށް ލާފަ ފަހުން ނެގުމަށްފަހު މިދިޔަ އަހަރު އުތުރުތިލަފަޅަށް ދަތުރުކުރި 4 އެކްޓިވިސްޓުންގެ ކަބަޑުތަކަށް ލާ ގޮތަށެވެ. އަދި މިނިސްޓަރ އިހުސާންގެ ކަބަޑަށް ލާންޖެހޭނެ ކަމަށްވެސް ރޯހިތު ޝަރުތުކުރިއެވެ.
ސަރ ޔެސް ސަރއޭ ބުނުމަށްފަހު މުއިއްޒު އެ ޗާޓް ކަބަޑުކޮޅަށް ލީ އޮޅާލުމަށްފަހު ރަބަރުފަށެއް އަރުވާފައެވެ. އޭރުން ދެން ލާންޖެހޭ އެއްޗެހި ލާންވެސް ތަންކޮޅެއް ފަސޭހަވާނެ ކަމަށް ބަލާފައެވެ.
ކަބަޑުކޮޅަށް ލާން ހެލިކޮޕްޓަރެއްގެ ބުރަފައްޗެއް ދިނުމުން މުއިއްޒު ކުޑަކޮށް ހާސްވި ކަމަށްވެއެވެ. ހިތްވަރުކޮށްލާފައި ކަބަޑުކޮޅުގެ ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާލާފައި ލާން އުޅުމުންވެސް އެކަމެއް ކާމިޔާބުނުވިއެވެ. ގައްސާން ހެލްޕްއެއް ދޭށޭ ބުނުމުން ގައްސާން އައިސް ކޮޅުފައިން ޖެހީމަވެސް އެ ބުރަފަތި ކަބަޑުކޮޅަށް ވަންނަ ކަމަކަށް ނުވިއެވެ. އެންމެފަހުން ދަތުރުގަ ދިޔަ ކެބިނެޓްގެ އެންމެންނަށް ގޮވާ އެކަން ކުރަން އުޅެގެންފިއެވެ.
އެންމެ ބޮޑު މައްސަލައަކަށްވީ ކަބަޑުކޮޅުގެ ދޮރު އަމިއްލައަށް ލެއްޕޭތީއެވެ. އެހެންވެ މުއިއްޒު ހުރީ ދެ އަތުން ނިކަން ބާރަށް ހިފާ ކަބަޑުކޮޅުގެ ދޮރު ހުޅުވާގެންނެވެ. ދެން ހަމަ އަނހާހުތް ކިޔާފަ ކެބިނެޓްގެ ފަހަރަކު މީހަކު އައިސް އެ ބުރަފަތި ކަބަޑުކޮޅަށް ގަދަކަމުން ކޮއްޕަން މަސައްކަތްކުރެއެވެ. އެވަރުންވެސް ނުވެގެން އެކަން ކޮސްދޭންޖެހުނީ އިންޑިއާ ސިފައިން އެތަނަށް އައިސްގެންނެވެ.
މިކަމުގަ އަމަލީގޮތުން ބައިވެރިނުވިނަމަވެސް ތަންކޮޅެއް ދުރުގަ ސާބަސްދޭން ސާޖިދާ ހުއްޓެވެ.
ހިމަދިގު ހެލިކޮޕްޓަރު ބުރަފަތި ކަބަޑުކޮޅަށް ލުމަށްފަހު ހަމަ ތެދުވިތަނުން ދިއްކޮށްލީ ކުރުކޮށް ފަލަކޮށް އޮތް މަހާތުމާ ގާންދީ ރަމްޒުކޮށްދޭ ބުދެއްގެ ބޯބުރިއެވެ. މިއަށް ދިން އިރުޝާދަކީ ކަބަޑުކޮޅަށްނުލާ މާލެ ގޮސް ކުރިން ސަސްޕެންޑްކުރި ތިން މިނިސްޓަރއިންގެ ކަބަޑުތަކަށް ލުމަށެވެ. އެންމެ ފުރަތަމަ ސިއުނާގެ ކަބަޑަށެވެ. ދެން މަލްސާގެ ކަބަޑަށެވެ. އަދި އެއަށްފަހު މަހްޒޫމްގެ ކަބަޑަށެވެ. 3 މިހުންގެ ކަބަޑުތަކަށް ލާން ޖެހޭނީ ސީދާ މުއިއްޒުގެ އަތުން ކަމަށާ އެކަން ކުރާ މަންޒަރު ފެންނަ ފޮޓޯއާ ވީޑިއޯ ސޯސަލް މީޑިއާއަށް ލާންޖެހޭނެ ކަމަށްވެސް އެންގިއެވެ.
ކަބަޑުކޮޅުގެ ފުންކަމާއި އަނދިރިކަމުން ލީ އެއްޗެހި ފަހުން ހޯދާނީ ކިހިނެއްބާއޭ މުއިއްޒު ސުވާލުކުރި ކަމަށްވެއެވެ. ޖަވާބުގަ އިންޑިއާއިން ދިއްކޮށްލީ ހައިޑްރޯގްރަފީ ޗާޓެކެވެ. އަދި ބުންޏެވެ. މި ޗާޓު ހެދިފަ އޮތުމަކީ ހަމަ މުއިއްޒުގެ ނަސީބެވެ. ކިތަންމެ އަނދިރިވެފަ ފުންވިޔަސް މި ޗާޓަށް ބަލާލީމަ ކަބަޑުކޮޅަށް ލީ އެއްޗެހި ހުރިތަން ހަނދާންވާނެއެވެ.
އެނގިފަވާ ގޮތުގަ މުއިއްޒުގެ ކަބަޑުކޮޅުގެ އަގަކީ 400 މިލިއަން ޑޮލަރެވެ. މި ކަބަޑުކޮޅު ހުޅުވާ ލެއްޕުމުގެ ހުރިހާ ބާރެއް އޮންނަނީ މުއިއްޒުގެ އިތުރުން އިންޑިއާ ސިފައިންނަށެވެ.
ހުރިހާ ސާމާނެއް ކަބަޑުކޮޅަށް ލާ ނިމުނުއިރު މުއިއްޒު ހުރީ ވަރުބަލިވެ، ކަކުލުން ވަރުގޮސްފައެވެ. ކުރި ހިތްވަރަށް ސާބަސްދޭންވެގެން އިންޑިއާއިން މުއިއްޒު އާއި ސާޖިދާއަށް މުނިފޫހިފިލުމުގެ ހަރަކާތްތަކެއް ރާވަދިނެވެ. އޭގެ ތެރޭގަ ތާޖް މަހަލްއަށް ގެންގޮސް ކަޕްލް ފޮޓޯޝޫޓްއެއް ނަގާދިނުމާއި ސާޖިދާގެ އޮޓޯގްރަފީ ކަލްކްޝަނަށް ލާން އިންޑިއާގެ ބައެއް ފަންނާނުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސާދިނުން ހިމެނެއެވެ.
މި ދަތުރަށްފަހު މުއިއްޒު ބުރާސްފަތި ދުވަހު ރާއްޖެއަށް އެނބުރި އަންނާނީ އެ ބަރު ކަބަޑުކޮޅު ހިފައިގެންނެވެ.
0%
0%
0%
0%
0%
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
8 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4