ނ.ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖްގެ ސުކުރުމުގެ ރަސްމިއްޔާތު
މުއިއްޒު ހަމަ ރަނގަޅަށްވެސް ކެނދިކުޅުދޫ އާއި ކެނދިކުޅުދޫ ދާއިރާގެ ތަރައްގީ ބޮލާލާ ޖަހައިފިއެވެ. ބަނދަރު ބޮޑު ކުރުމާއި ސްލިޕްވޭގެ މަސައްކަތް ހުއްޓާލައި، ހޮސްޕިޓަލް މަސައްކަތް ވާނުވާގައި ބާއްވައި، މަގު ހަދަން ބޭނުންކުރާ މެޝިނަރީ ރަށުން ބޭލުމަށްފަހު، މިހާރު މިވަނީ ޖޫނިއަރ ކޮލެޖް އާދައިގެ ކްލާސްބަރި އަކަށް ބަދަލު ކޮށްފައެވެ.
މިސަރުކާރުން ޕުރޮޕޯސަލްއަށް ގެނެސްފައިވާ ބޮޑެތިބަދަލުތައް
މިކަން ކައުންސިލަށް އަންގައި މިނިސްޓްރީއިން އީމެއިލް ކޮށްފައިވަނީ 4 ޖަނަވަރީ 2024 ގައެވެ. މި އީމެއިލްގެ ސްކްރީޝޮޓްތަކާއި މަހުޖަނު ގާސިމަސް ހޮޓާ އަޅަން ހިލޭ ދޭ ބިމުގެ ކުރެހުންތައް މި ނޫހަށް ވަނީ ލިބިފައެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި ވިލާ ކޮލެޖާ މިކަން ހަވާލު ކުރީ 120 ދަރިވަރުންނަށް އެއްފަހަރާ ކިޔެވޭނެ އިންތިޒާމާއި، އަމަލީ ތަޖުރިބާ ހޯދޭނެ ފެސިލިޓީތަކާއި އަދި 72 ދަރިވަރުންގެ ފުލް ބޯޑިންގއާއެކު މަސައްކަތް ނިންމުމުން، 100 ރޫމުގެ ހޮޓަލެއް އެޅުމުގެ ހުއްދަ ގާސިމަށް ދޭ ގޮތަށެވެ. ނަމަވެސް ގާސިމް ގަތުމުގެ ޑީލްގެ ދަށުން މިނިސްޓްރީއިން ކެނދިކުޅުދޫ ކައުންސިލަށް މިހާރު އަންގާފައި މިވަނީ އެތާގައި ހުންނާނީ 4 ގޮޅި ކޮޓަރި ކަމަށާއި ބާކީ އޮތް 84 ހާސް އަކަފޫޓުގެ ބިން އެއްވެސް ކުއްޔަކާ ނުލައި މަހުޖަނު ގާސިމްގެ ވިޔަފާރިއަށް ދިނުމަށެވެ. އަދި ދަރިވަރުންގެ އަމަލީ ތަމުރީނު ހޯދުމަށް ބޭނުންވާ ޓުރެއިންގް ބަދިގެއާއި އަދި ރިކުރިއޭސަން ފެށިލިޓީ މިވަނީ ވުޖޫދުން ގެއްލިފައެވެ.
ކުރިން އެޅުމަށް އެޕުރޫވު ކުރެވުނު ކުރެހުން (ސިޓީ ހޮޓަލާއި އެކު)
މި ކޮލެޖުގެ މަސައްކަތަކީ ހައިއެޑިއުކޭސަންއިން އިއުލާނުކޮށްގެ ވިލާކޮލެޖުން ކާމިޔާބުކުރި ޕުރޮޖެކްޓެކެވެ. ކޮލެޖު ފެސިލިޓީއަށް 35 ވަރަކަށް މިލައިން ރުފިޔާ ހަރަދުކުރަން ހުށަހެޅިއެވެ. ކިޔަވައިދޭ އިމާރާތްތައް ކުރެހުނީ އޭރުގެ ހައިއެޑިއުކޭސަންގެ ލަފާގެމަތިން ކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް ސަރުކާރު ބަދަލުވެ، ކުރެހުންވެސް ބަދަލުކުރީއެވެ. މާލެ ނޫންތާކު އެއްވެސް ކަމެއް ކުރުމަކީ މުއިއްޒަށް ފަސޭހަކަމަކަށް ނުވެއެވެ. ވިލާ ކޮލެޖުން މައުލޫމާތު ލިބޭގޮތުގައި ކުރެހުމަށް ބަދަލުގެނައީ މިނިސްޓުރީން އަންގައިގެންނެވެ.
މުއިއްޒުގެ އެންގުމަށް ކެނދިކުޅުދޫ ޖޫނިއާ ކޮލެޖަށް ގެނެވުނު ބަދަލު
ކޮންމެއަކަސް އަތޮޅުތެރޭގެ ގިނަ ރައްޔިތުން ބޭނުންވި ރާކަނި މަސް މި ދަނީ މުއިއްޒު ސްޕީޑުގައި ފިހެވެމުންނެވެ. ފަތިސްނަމާދުކޮށްގެން ކާން ނުކުންނަންވީއެވެ. އެރަށު ރައްޔިތަކު ދޮންއަމާއަށް ކުރި މެސެޖުގައި ލިޔެފައިވަނީ "ބަދަލަކަށް ގެނައިވެރިކަން ރަނގަޅު ނޫންކަމަށް ހޮވަން އުޅުނު ކުދިން ކެފޭތަކުގައި ކިޔަން ފެށިކަމަށެވެ."
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4