މަޖިލިސް މެމްބަރުންގެ އިނާޔަތްތަކާއި މުސާރަ ކުޑަ ކުރާނެ ކަމަށް ހޮވުމުގެ ކުރިން ގޮވާލަމުން ދިޔަ ބާރަށު ޝުޖާއު މިހާރު ބުނަނީ މެމްބަރުންގެ މުސާރަ ކުޑަ ކަމަށް!

Majlis memberunge inaayaiy thakaai musaara kuda kuraane kamah hovumuge kurin govaalamun dhiya Baarashu Shujau mihaaru govaalamun dhanee memberunge musaara kuda kamah!

މަޖިލިސް މެމްބަރުންގެ އިނާޔަތްތަކާއި މުސާރަ ކުޑަ ކުރާނެ ކަމަށް ހޮވުމުގެ ކުރިން ގޮވާލަމުން ދިޔަ ބާރަށު ޝުޖާއު މިހާރު ބުނަނީ މެމްބަރުންގެ މުސާރަ ކުޑަ ކަމަށް!

0

މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަ ކަމަށާއި މެމްބަރުންގެ މުސާރަ މިހާރަށް ވުރެ ވެސް ބޮޑު ކުރުމަށް ބާރަށު ޝުޖާއު ގޮވާލައިފި އެވެ. 

އޭނާ އަކީ މެމްބަރުކަށް ހޮވުމުގެ ކުރިން މެމްބަރުންގެ މެދުގައި ބޭއްވި ބަހުސްގައި ވަރަށް ބޮޑަށް މެމްބަރުންގެ މުސާރަ ކުޑަ ކުރުމުގެ ވާހަކަ ދެއްކި މީހެކެވެ. 

އެގޮތުން އޭނާ ހޮވަން ޖެހޭ ސަބަބުތަކުގެ ތެރޭގައި އޭނާ އަކީ މެމްބަރުންގެ އިނާޔަތްތައް ކުޑަކޮށް މެމްބަރުން ދައުރު ފުރިހަމަ ކުރުމަށް އިންޝުއަރަންސް އާންމުންނާ އެއްވަރަށް ކުޑަ ކުރުމަށް ގޮވާލާ މެމްބަރަށް އޭނާ ވާތީ ކަމަށް ބުނެފައިވެ އެވެ. 

"މެމްބަރަކު ދައުރެއް ފުރިހަމަ ކުރީމަ ދެން އެ ލިބޭ މާލީ އިނާޔަތްތަކަކީ ކެނޑެން ޖެހޭ އެއްޗެއްކަމަށް އަޅުގަނޑު ވަކާލާތު ކުރަނެތީ، އަޅުގަނޑު ހޮވަންވީ މެމްބަރުންގެ މުސާރަ ކުޑަ ކުރުމަށް ގޮވާލާނީ ބާރަށު ދާއިރާގެ މައިކުން ކަމަށް ވާތީ،" މިއީ މެމްބަރު ކަމަށް ހޮވުމުގެ ކުރިން އޭނާ ދެއްކި ވާހަކަ އެވެ.

އެހެންނަމަވެސް މިއަދު މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރަ އޭނާއަށް ލިބެން ފެށުމުން އޭނާއަށް އެވަރު ވެސް ކުޑަ ވެއްޖެ އެވެ. 

"މަޖިލިސް މެމްބަރަކަށް ލިބޭ މުސާރަ ކުރާ މަސައްކަތާ އަޅާ ބަލާއިރު ކުޑަ، މަޖިލީހަށް ވަނީމަ މި އިނގެނީ ކުރަން ޖެހޭ މަސައްކަތް،" އޭނާ ބުންޏެވެ. 

މަޖިލިސް މެމްބަރެއްގެ މުސާރައަށް އެކަނި ވެސް 80،000އަށް ވުރެ ބޮޑު ކޮށް ޖެހޭ އިރު މި ވަރު ކުޑަ ކަމަށް ޝަކުވާ ކުރަނީ ނަމަ ދެން އެހެން އާންމުންގެ މުސާރައާ މެދު އަޅެ ވިސްނާލިން ހެއްޔެވެ؟ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް އައި ބަޔަކު މިއަދު ތި ވަނީ ރައްޔިތުންނަށް ސީދާ ހަރާންކޯރެވެ. 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4