މަަސްކިލޯއެއް 14 ރުފިޔާއަށް ގަންނަން ސަރުކާރުން ނިންމި ނިންމުމަކީ ވަކި ފަރާތްތަކަކަށް ފައިދާ ހޯދައިދިނުމަށް ނިންމާފައިވާ ނިންމުމެއް- މީގަ މޮޅުވީ ގާސިމު އާއި އެންސިސްއަށް
މަސްވެރިންނަށް ދެރަ ގޮތެއް ނުހަދާނެ ކަަމށް ބުނެ ވެރިކަމަށް އައުމަށް ފަހު މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް މިވަނީ ބޮޑު ދޯކާ އެއް ދީފަ އެވެ.
ވެރިކަމަށް އައުމަށް ކުރި ކެމްޕެއިންގައި މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެކަމަށް އެތައް ފަހަރަކު ވައުދު ވެފައިވެ އެވެ. އެހެންނަމަވެސް އިއްޔެއިން ފެށިގެން ބައިނަލްއަގްވާމީ ބާޒާރުގެ އަގަށް މަހުގެ އަގު ދަށް ކުރީ ކަމަށް ބުނެ މި ވަނީ އޮޅުވާލާފަ އެވެ.
ސަރުކާރުން މިހާރު ބުނަމުންދަނީ މަސް ގަންނާނީ ބާޒާރުގެ އަގަށް ކަމަށް ބުނި ނަމަވެސް، މިއަދު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރީ 26 އާއި 27 ރުފިޔާއާ ދެމެދުގައި ކަމަށް ވާއިރު، ސަރުކާރުން އިޢުލާންކޮށްފައިވާ 14 ރުފިޔާގެ އަގަކީ މާކެޓް ރޭޓަށްވުރެ ބޮޑުތަނުން ދަށް އަގެކެވެ.
2024 ވަނަ އަހަރު ފެށުނީއްސުރެ މަހުގެ އަގު ހުރީ ރަނގަޅު ހިސާބެއްގައި ކަމަށް ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ސަރުކާރުން މި އިޢުލާންކުރި ކުރުމަކީ އެންސިސް ކުންފުންޏަށް ވިޔަފާރީގެ މަގެއް ކޮށައިދިނުން ކަމަށް ބެލެވެއެވެ. އެންސިސްއަކީ ސަރުކާރު ގެންނަން ބޮޑު ޚަރަދެއް ކުރި ފަރާތެއް ކަމަށް ބުނެވެއެވެ.
މީގެއިތުރުން، ވިލާ ގާސިމަކީވެސް ރޯމަހުގެ ވިޔަފާރި ކުރާ ސަރުކާރުގެ ޕާޓްނަރެއް ކަމަށް ފާހަގަކުރެވެއެވެ. މި ހުރިހާ ކަމަކާ ގުޅިގެން، ސަރުކާރުގެ މި ނިންމުމަކީ ވަކި ފަރާތްތަކަކަށް ފައިދާ ހޯދައިދިނުމަށް ނިންމާފައިވާ ނިންމުމެއްތޯ ސުވާލު އުފެދެއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4