ބޭފުޅު އާއިލާއިން އައި އޯޑަރަށް އަމްރު ކަޓުވާލީ އިންތިހާބު އޮޅުވާލައިގެން-
އެމް.ޑީ.ޕީ ތެރެއިން ނުކުމެ ވަކި ޕާޓީއެއް ހަދަން ފޯރިއަރުވާލީ ބޭފުޅު އާއިލާގެ މީހުންތަކެއް ބޭނުންހާ ޒާތަކަށް އެމް.ޑީ.ޕީ ނުމޮޑެވުނީމައެވެ. އެމް.ޑީ.ޕީ ގެ އެންމެ ކުރީ ސަފުގައި ތިބި ބަޔަކު ޕާޓީއިން ނެއްޓިގެން ދިޔައީ ޑިމޮކްރަސީގެ އަސާސުތައް ބިންދާލާފައެވެ. މިއޮއް ހުރިހާ ދުވަހު ވަކާލާތުކުރި ކަންކަން ބޮލާލާ ޖަހާފައެވެ. ސީޑީ ވައްޑެއާއި ލަވަ އިންތި އެންމެ ކުރިންވެސް ގޮވަމުން އައީ ޕާޓީ ބަދަލުކޮށްފިނަމަ ޕާޓީގެ ޓިކެޓުގައި އައި މަޖިލިސް ގޮނޑިން އިސްތިއުފާ ދޭންވާނެ ކަމަށެވެ. ނަމަވެސް މި މީހުނާ ޖެހުނީމަ ޑިމޮކްރަސީއާއި ދެންވެސް އޮތް އެއްޗެއް އޮޅާލައިފިއެވެ.
އެމްޑީޕީ އިން ކަނޑާލީ ތިމަންނާމެންގެ 38 ހާސް މެންބަރުން ކަމަށާއި އަދި ބަރުލަމާނީ ޕެޓިޝަނުގައި ދޮޅު ލައްކަ ދިވެހިން ސޮއި ކުރިކަމަށް ދައުވާކޮށް، އެ އެންމެން ވަގުތުން އާ ޕާޓީއަށް ސޮއި ކުރާނެކަމަށް ބުނި ސައި ޕާޓީއަށް 10 ހާސް ވެސް ހަމަ ނުވެ ބަޖެޓުން ދޭ ފައިސާވެސް މި ވަނީ ލައްވާ ނުލައެވެ. އަދާލަތުވެސް މިވަރު ހަމަ ކޮށްލައެވެ.
ދަ ޑިމޮކުރަޓްސް ގެ ގައުމީ މަޖިލީސް ވަޓްސް އެޕް ގުރޫ ރޫޅިއްޖެ. އަމުރު ކަޓުވާލީ ސީދާ ބޭފުޅުއާއިލާގެ އެންގުމަކަށް މަކަރު ހަދައިގެން.
މިހާރު މިއޮތީ އާ ކަމެއް ލައްވާލާފައެވެ. ޕާޓީގެ އިސް އެކްޓިވިސްޓުންނާއި ރަށްރަށާއި ދާއިރާތަކުގެ ރައީހުން ފާޅުގައި ނުކުމެ ޕީއެންސީގެ ކެނޑިޑޭޓުންނަށް ކެމްޕޭން ކޮށްދޭން މިވަނީ ފަށާފައެވެ. މިކަމާ ދަނޑި ޕާޓީގެ ރަސްމީ ވަޓްސްއެޕް ގްރޫޕްތައް ހާޑުވެ މިވަނީ އެކަކު އަނެކަކުގެ ލަދު ހަޔާތައް ގޮވަން ފަށަފައެވެ. ދަނޑި ޕާޓީގައި ގިނައީ މުޅިންވެސް މަގާމަކަށްޓަކައި ޓްވިޓަރު ހިންގާ މީހުން ކަމުގައި ވުމުން، އެ ފަރާތްތައް މިހާރު ތިބީ މުއިއްޒުގެ ރުހުމުގައި އަނެއްކާވެސް ކޯޑިނޭޓަރުކަން ލިބޭތޯ ކަޅި އަޅައަޅައެވެ.
ނުވިތާކަށް ބޭފުޅު އާއިލާއިން އައި އޯޑަރަށް ޅޮހީ ބަޝީރު މިވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުތައް އޮޅާލާފައެވެ. ވަގުތީ ނަތީޖާ އިއުލާން ކުރެވުނީވެސް 72 ގަޑިއިރު ފަހުންނެވެ. މިކަމާ އައި ރުޅީގައި އަމްރު މިވަނީ ސީދާ ބޭފުޅު އީވާއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް އެ ގޮނޑިއަށް ވާދަ ކުރާނެކަމަށް ބުނެފައެވެ.
ލޫކަސް އުޅޭގޮތުން ޕާޓީ ބައިވެ ފިޔަވަޅު އަޅަން ނުކެރިފަ، ފަގުވަނީ އެކަކު އަނެކަކަށް!
ޕާޓީއަށް އެންމެ މުހިންމުވީ ދަނޑިވަޅު ޕާޓީގެ ރޫހާނީ ލީޑަރު މިވަނީ ޔޫރަޕަށް ފިއްލަވާފައެވެ. މިހާރު ޕާޓީގެ އެއްވެސް ކަމަކާ ހަވާލުވާނެ މީހެއް ނެތް އިރު، ތާއީދު ނެތުމުން ދަނޑި ޕާޓީގެ މެންބަރުންވެސް ދަނީ ކުލަ ބަދަލުކޮށް އެހެން އެކި ޕާޓީތަކުގެ ޕްރައިމަރީތަކަށް ނުކުންނަމުންނެވެ.
ގިނަ ޑެމްސް މިހާރުތިބީ ރައީސް ނަޝީދު ދެކިހިތްހަމަ ނުޖެހިފައެވެ. ގަދަކޮން އެމް.ޑީ.ޕީގައި ތިއްބާ މާމޮޅު ހިވަފެނެއް ދައްކައިގެން ގެނެސް ބޭފުޅު ހަސަން ލަތީފުއާއި ޕާޓީ ހަވާލުކޮށް ފިލީތީއެވެ. އަދި މަޖިލީސް އިންތިހާބުގެ ކުރިން ގިނަ އަދަދެންގެ ޑެމްސް އެމް.ޑީ.ޕީއާއި ގުޅޭނެކަމަށްވެސް ދޮންއަމާކައިރީ ދުފަން އިނދެ ކިޔައިދިނެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4