ކުވެއިތު ފަންޑު ގެންދިޔަކަމަށް ބުނެ މުއިއްޒު ހެދީ ދޮގު
ކުރީގެ ސަރުކާރުގައި މަޝްރޫއުތައް ނުހިންގިގެން ކުވައިތު ފަންޑުން ދިން ބައެއް ފަންޑުތައް އަނބުރާ ގެންގޮސްފައިވާ ކަމަށް ބުނެ މުއިއްޒު އަނެއްކާވެސް ދޮގު ހަދައިފިއެވެ.
މިއަދު ހދ. ހަނިމާދޫގައި ވާހަކަދައްކަމުން މުއިއްޒު ބުނީ ހަނިމާދޫ ހިމެނޭހެން ރާއްޖޭގެ ހަތް ރަށެއްގައި ކުރީގެ ސަރުކާރުން އިމާރާތްކުރަން ނިންމި ހޮސްޕިޓަލްތައް ނޭޅުނީ އެ މަޝްރޫއުތައް ނުހިންގި، ކުވައިތު ފަންޑުން ދިން ބައެއް ފަންޑުތައް އަނބުރާ ގެންގޮސްފައިވާތީ ކަމަށެވެ.
ކުވައިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތައް އިމާރާތްކުރަން ރައީސް ސޯލިހުގެ ވެރިކަމުގައި ސޮއި ކުރިއެވެ.
މުއިއްޒުގެ މި ވާހަކަތައް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ދޮގު ކުރައްވާފަ އެވެ.
އަމީރު ބުނީ ކުވެއިތު ފަންޑުން އަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ކަމަށާއި މުއިއްޒުގެ އެވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
"މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް/ ފަންޑު ދިނުން އަނބުރާ ގެންގޮސްފައިނުވޭ. މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ ކަމަށް އެކަށީގެންވާ، ގާބިލް މީހުން އައްޔަން ކުރަން ފެނޭ،" އަމީރު އެކްސް ގައި ހިއްސާ ކޮށްފައިވެ އެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4