ރައީސް މުޢިއްޒުގެ ކޮއްކޯފުޅު 9 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމާ ގުޅިގެން ކަރަޕްޝަންގެ ތުހުމަތު

Raees muizzu ge Kokkoa fulhu 9 million rufiyaa ah Hulhumale in bimeh gathumai gulhigen corruption ge thuhumath

ރައީސް މުޢިއްޒުގެ ކޮއްކޯފުޅު 9 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމާ ގުޅިގެން ކަރަޕްޝަންގެ ތުހުމަތު

1

ދިވެހިރާއްޖޭގެ ރައީސް މުޙައްމަދު މުޢިއްޒުގެ ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މަޖިލީސް މެންބަރު ސައުދާ 9 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. މި މައްސަލައާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން މިފަދަ ބޮޑު އަދަދެއްގެ ފައިސާ ހޯދުނީ ކިހިނެއްތޯ އާއި މަޖިލީހުގެ މުސާރައިން މިފަދަ ބޮޑު އަދަދެއް ހޯދިދާނެތޯ ފަދަ ސުވާލުތައް ކުރަމުން ދެއެވެ.

މީގެ އިތުރުން ރޭގައި ޕީޕަލްސް ފްރޮންޓުން ބޭއްވި ޖަލްސާއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވެފައިވަނީ މުލިއާގޭގައި ފައިސާ އަޅާ ގަހެއް ހުރިކަން ނޭނގޭ ކަމަށާއި، ނަމަވެސް މަޖިލިސް މެންބަރުންނަށް މުލިއާގެއިން ފައިސާ ދޫކުރާ ވާހަކައަކީ ތެދު ވާހަކައެއް ކަމަށެވެ.

ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި އަތޮޅުތެރޭގައި ހިނގަމުންދާ ޕްރޮޖެކްޓުތައް ހުއްޓާލައި، ކައުންސިލަރުންނާއި ކައުންސިލްތަކަށް ދެމުން އަންނަ ގްރާންޓު މަދުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ބުނެވެއެވެ. އަދި ރައްޔިތުން "ހިތި ބޭސް" ބޯންޖެހިދާނެ ކަމަށް ބުނެ ތަކުރާރުކޮށް ދަނީ ބިރުދައްކަމުންނެވެ.

ނަމަވެސް، މި ވާހަކަތަކުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފެދެމުންދަނީ ސިޔާސީ މަޤާމުތަކަށް ބޮޑެތި މުސާރައިގައި މީހުން ނަގަމުންދާތީއެވެ. 

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޝައުދާގެ މި މުޢާމަލާތަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް، ގިނަ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި މިކަން ތަޙުޤީޤުކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ސަބަބަކީ މަޖިލީހާއި މިނިވަން މުއައްސަސާތައް ރައީސް މުޢިއްޒުގެ ނުފޫޒުގެ ދަށުގައެވެ.

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ޙަސަނާބެ

13 ޖުލައި 2024

މުޅި އުމުރު ފިނދުވިއްކިޔަސް 9 މިލިޔަން ނުލިބޭނެ

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4