ސަރުކާރަށް ފާޑުކިޔާ ޑެމްސްގެ އެކްޓިވިސްޓެއް ގއ. ވިލިނގިލީގައި ހައްޔަރުކޮށްފި - ސޯޝަލް މީޑިއާގައި ދަނީ އޭނާ ދޫކޮށްލުމަށް ގޮވާލަމުން

sarukaarah faadukiyaa Dems ge activist eh GA villigili gai hayyaru kohfi - social media gai dhanee eynaa dhookoh lumah edhi govaalamun

ޝާޖިދު ވަނީ މި މައްސަލައިގައި ހައްގަށް ވަކާލާތުކޮށް، ބާރުގެ ކުރިމަތީގައި ކުޑަކަކުލަށް ތިރިނުވާ ކަމަށް ބުނެފަ

0

ގއ. ވިލިނގިލީގައި ހިނގަމުންދާ އިޖުތިމާޢީ މައްސަލައަކާ ގުޅިގެން، ސަރުކާރަށް ފާޑުކިޔާ އެކްޓިވިސްޓެއް ކަމަށްވާ ޝާޖިދު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ޝާޖިދުގެ އަނބިކަނބަލުން އާމިނަތު ފަޒްލީނާ ވިދާޅުވި ގޮތުގައި، ޝާޖިދު ހައްޔަރުކުރުމުގެ ކުރިން އޭނާގެ ގެއަށް ހަމަލާދީ، ގޭތެރެއަށް ގާ އުކާފައިވެއެވެ. އަދި އެމީހުން އައީ ޝާޖިދުގެ ގައިގައި ތަޅައި ގަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައިވަނީ އެރޭގެ ދަންވަރު 12:35 ހާއިރުއެވެ. ހާދިސާ ހިނގި ތަނަށް ފުލުހުން އައިސް ޝާޖިދު ހައްޔަރުކޮށްފައިވެއެވެ.

ޝާޖިދުގެ އާއިލާ ދިރިއުޅޭ ގޭގެ ބިއްލޫރިގަނޑު

ޝާޖިދަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި އެކްޓިވިސްޓެކެވެ. އޭނާ ވަނީ ފަހަކަށް އައިސް މަސްވެރިންގެ މުޒާހަރާ އިންތިޒާމުކޮށް ހިންގުމުގައި އިސްކޮށް އުޅެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން އޭނާ ޓާގެޓްކޮށްގެން އުޅޭކަމުގެ ތުހުމަތުތަކެއް ވެސް އެބަހުއްޓެވެ. ޝާޖިދު ހައްޔަރުކުރުމާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން އަދި އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.

މި މައްސަލައަކީ 18 އަހަރު ނުފުރޭ ކުއްޖަކަށް ބުލީކޮށް، ފުރައްސާރަކުރާ ކަމަށް ބުނެ އަޑުއުފުލުމާ ގުޅިގެން ހިނގަމުންދާ މައްސަލައެކެވެ. ޝާޖިދު ވަނީ މި މައްސަލައިގައި ހައްގަށް ވަކާލާތުކޮށް، ބާރުގެ ކުރިމަތީގައި ކުޑަކަކުލަށް ތިރިނުވާ ކަމަށް ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން، ސޯޝަލް މީޑިއާގައި ދަނީ ޝާޖިދު މިނިވަންކޮށް، ހަޤީޤަތް އާންމުންނަށް ބުނެދިނުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. ގިނަ ބަޔަކު ދަނީ މި މައްސަލައިގައި ޝާޖިދުގެ ހައްޤުތަކަށް ވަކާލާތުކުރަމުންނެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4