ނޫސްވެރިޔާ އާއިދުގެ ކަރުގައި ފުލުހުން ހިފި މަންޒަރު ސިފަކޮށްދޭ އާޓުވޯކެއް
ދިވެހިރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވަނީ ރައީސް މުޙައްމަދު މުޢިއްޒުގެ ވުގެ ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައްޔިތުންގެ މަޖިލީހުން މިނިވަން މީޑިއާ ކޮންޓްރޯލް ބިލެއް ފާސްކުރުމާ ގުޅިގެންނެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައި ފާސްކުރެވުނު މި ބިލާ ދެކޮޅަށް ނޫސްވެރިންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، އިދިކޮޅު ޕާޓީތަކާއި، އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ކުށްވެރިކޮށްފައިވެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ޤާނޫނުން މީޑިއާ ރެގިއުލޭޓަރ ވެގެންދަނީ ވެރިކަން ހިންގާ ފަރާތުގެ އަތްދަށުގައިވާ އެއްޗަކަށެވެ. އަދި މީޑިއާގެ މިނިވަންކަން ނިގުޅައިގަނެވިގެންދާނެއެވެ.
މި ޤާނޫނުގެ ދަށުން، މިހާރު ޢަމަލުކުރަމުންދާ ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބަދަލުގައި 7 މެންބަރުންގެ އައު ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ދެ ކޮމިޝަނުއަކީވެސް ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ހިންގަމުން އައި ކޮމިޝަނުތަކެކެވެ. އައު ކޮމިޝަނުގެ 7 މެންބަރުންގެ ތެރެއިން 3 މެންބަރުން ސީދާ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާނެއެވެ. އަނެއް 4 މެންބަރުން މީޑިއާއިން ހޮވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެ މެންބަރުންނަށްވެސް މަޖިލީހުގެ ރުހުން ހޯދަންޖެހޭނެއެވެ. އަދި މަޖިލީހުގެ މެންބަރުންނަށް އެ މެންބަރުން ވަކިކުރުމުގެ ބާރު ލިބިގެންވެއެވެ. މި ކޮމިޝަނަށް މީޑިއާ ވަސީލަތްތަކަށް ޖޫރިމަނާކުރުމާއި، ހުއްޓުވުމާއި، ބްލޮކްކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި ވަކިވަކި ނޫސްވެރިންނަށްވެސް އަދަބު ދެވިދާނެއެވެ. ޖުމަލަ 150 އަށްވުރެ ގިނަ ނޫސްވެރިން މި ބިލާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށް، އެ ޕެޓިޝަން ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ބިލު އަނބުރާ ގެންދިއުމަށް އެދިފައިވެއެވެ. އަދި ރައީސް އޮފީހާއި މަޖިލިސް ކުރިމަތީގައި މި ބިލާއި ދެކޮޅުހެދުމުގެ ގޮތުން އިހުތިޖާޖުތައްވެސް ކޮށްފައިވެއެވެ. ނަމަވެސް މި އިހުތިޖާޖުތަކާ ދެކޮޅަށް ފުލުހުން، އަނިޔާވެރިކަން އިސްކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އިދިކޮޅު ޕާޓީތަކުންވެސް މި މުޒާހަރާތަކުގައި ބައިވެރިވެ، މުޢިއްޒުގެ ސަރުކާރުން އިދިކޮޅު އަޑުތައް ނިއްވާލައި، ޑިމޮކްރަސީ ފުނޑާލަމުންދާ ކަމަށާއި މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑު ނުރައްކަލެއް ކަމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންވެސް ފާހަގަކޮށްފައިވެއެވެ. ޔުނައިޓެޑް ނޭޝަންސްގެ ހިއުމަން ރައިޓްސް އޮފީހުންނާއި، ރިޕޯޓަރސް ވިދައުޓް ބޯޑަރސް ފަދަ ޖަމްޢިއްޔާތަކުން މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައިވެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މި ބިލަކީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ އިލްތިޒާމުތަކާ ޚިލާފު އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ބިލެކެވެ.
ބައިނަލަގުވާމީ މީޑިއާތަކުގައި ރާއްޖޭގެ މީޑިއާ ކޮންޓުރޯލް ކުރާ ބިލްގެ ހަބަރުތައް!
ސަރުކާރުން ބުނާ ގޮތުގައި މި ބިލުގެ މަޤްޞަދަކީ މީޑިއާގެ ޒިންމާދާރުކަން އިތުރުކޮށް، ނޫސްވެރިކަމުގެ ފެންވަރު މަތިކުރުމެވެ. ނަމަވެސް ގިނަ ފަރާތްތަކުން ބުނާ ގޮތުގައި މި ބިލަކީ ސަރުކާރަށް ފާޑުކިޔާ އަޑުތައް މަޑުކޮށްލުމަށް އަމާޒުކޮށްފައިވާ ބިލެކެވެ.
މި ބިލު ފާސްވުމާ ގުޅިގެން ދިވެހިދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މުސްތަޤްބަލާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވެއެވެ. ގިނަ ފަރާތްތަކުން ބިރުގަންނަނީ މި ބިލުގެ ސަބަބުން ނޫސްވެރިން އަމިއްލައަށް ސެންސަރުކުރަން މަޖުބޫރުވެ، ސަރުކާރަށް ފާޑުކިޔުމަށް ޖެހިލުންވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ނޭދެވޭ އަސަރު ތަކެއް ކުރާނެކަންޔަގީނެވެ.
ނޫސްވެރިންނާއި މަދަނީ ޖަމްޢިއްޔާތަކުން މި ބިލު ބާޠިލުކުރުމަށް ނުވަތަ އިޞްލާޙުކުރުމަށް ގޮވާލަމުން ދިޔަ ނަމަވެސް، ސަރުކާރުން މި ބިލު ތަންފީޒުކުރުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ. މި ކަމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އިހުތިޖާޖުތަކާއި ޤާނޫނީ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެވެއެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
27 ފެބުރުވަރީ 2026
0
25 ފެބުރުވަރީ 2026
0
18 ސެޕްޓެންބަރު 2025
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4