ފޮޓޯ: ޑރ. މުއިޒު ތުރުކީއައް ކުރެއްވި ރަސްމީ ދަތުރު ފުޅުގެތެރޭން
ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ރައްޔިތުން ގުނބޯހައްދައިގެން ރައީސްކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 21 ދުވަސް ނިމުން އިރު ދައުލަތުގެ ޚަރަދު 500 މިލިއަނުން މައްޗަށް އަރައިފިއެވެ.
ހަރަދުކުޑަކޮށް، މަތި ލުއިކޮން ވެރިކަން ހިންގާނެކަމަށް ވައުދުވެ ވަޑައިގެން ވެރިކަމަށް އައި ޑރ. މުއިއްޒުގެ، ފިނޭންސް މިނިސްޓްރީއިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ހުވާކުރެއްވި ދުވަހުން ފެށިގެން މިހާތަނަށް ދައުލަތުގެ ޚަރަދު މިވަނީ 500 މިލިއަނުން މަތީގައެވެ.
މުއިއްޒުގެ ވެރިކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެކަނިވެސް ވަނީ 23 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ދޮޅު ގަޑިއިރުގެ އިވެންޓަކަށް މުއިއްޒު 23 މިލިއަން ރުފިޔާ ހޭދަކުރި އިރު އެ އިވެންޓަކީ ބޮޑު ޚަރަދަކާ ނުލައި މަޖްލިސް އިދާރާގައި ބޭއްވެން އޮތް ހަފްލާއެކެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 3 ދުވަހުގެ ތެރޭގައި ވަނީ 100 މިލިއަން ޚަރަދުކޮށްފައެވެ.
މީގެ އިތުރުންވެސް ބޮޑު ވަފްދަކާއެކު ތުރުކީގެ އިސްތަންބޫލަށް ކުރެއްވި ދަތުރުގައިވެސް ވަނީ މިލިއަނުން ފައިސާ ޚަރަދުކޮށްފައެވެ. އަދި ތުރުކީގެ ސީރީޒްއެއްގެ އެކްޓަރުންތަކަކަށް ދައުލަތުން ދިން ރޭގަނޑުގެ ފަރިއްކޮޅެއްގެ އަގު އެކަނިވެސް މިލިއަނެއް ހުރަސްކުރެއެވެ. މިދަތުރުގައި ރައީސްގެ ދެކަނބަލުންވަނީ މި ސިރީޒްކުޅެމުންދާ ސައިޓް ބައްލަވާލައި އެ ސީރީޒްގެ ބައެއް ތަރިންނާއެކު ސެލްފީ ނަގާފައެވެ.
ފާއިތުވި 2 ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި އެކަނިވެސް ސަރުކާރުން ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ޚަރަދުކޮށްފައެވެ. އަދި ބަދަލު ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި އެޑްވައިޒަރުން ހިމެނުމަކީ ހަމަ އިއްތިފާގެކެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރައްވާނެ ކަމަށް ވިދާޅުވެ ދޮގު ހަދައިގެން ވެރިކަމަށް ވަޑައިގެން ސަރުކާރުގެ މިނިސްޓްރީތަކަށް އެތައް ބަޔަކު އައްޔަން ކުރައްވާ އިރު ގިނަ މީހުންނަކީ އެއްވެސް ތަޖްރިބާއެއް އެއްވެސް އިލްމެއް ނެތް މީހުންނެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ މަތީ މަގާމުތަކަށް އައްޔަން ކުރަމުން އަންނަނީ މުއިއްޒު އާއި އަދުރޭގެ ގާތްތިމާގެ މީހުންނެވެ. އައީލީ ވެރިކަމެއްގެ ސިފަ ދިވެހި ދައުލަތުގައި ޖެހުމަކީ 30 އަހަރު ފަހަތައް މި ގައުމު ސޮއްސާލުމެކެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4