އެޗްޑީސީ ގެ ސާވާ ހެކްކޮށްގެން ކަރަޕްޝަނާއި ހިޔާނާތުގެ ގިނަ މަޢުލޫމާތުތަކެއް ދަނީ އާންމުކުރަމުން
ސަރުކާރުގެ އެންމެ ބޮޑު ކުންފުންޏެއް ކަމުގައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސާވާ ހެކްކޮށްގެން ކަރަޕްޝަނާއި ހިޔާނާތުގެ ގިނަ މަޢުލޫމާތުތަކެއް ދަނީ އާންމުކުރަމުންނެވެ. މި މަޢުލޫމާތު ހާމަކުރަމުންދަނީ ކަމަށް ބުނެފައިވަނީ "ހަސަން ކުރުސީ" ގެ ނަމުގައިވާ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓަކުންނެވެ.
މި އެކައުންޓުން ހާމަކޮށްފައިވާ މަޢުލޫމާތުގެ ތެރޭގައި، ކުލި ނުދައްކާ އޯވަރޑިއު ވެފައިވާ ފަރާތްތަކުގެ ނަންތަކާއި ރެފަރެންސް ނަންބަރުތައް ހިމެނެއެވެ. އަދި އިތުރަށް، ބިމާއި ފްލެޓް އަދި ރޯހައުސް ވިއްކާފައިވާ ގޮތާއި އަގުތައް ހާމަކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ. މީގެއިތުރުން، މި އެކައުންޓުން ފުލުހުންގެ އިދާރާއަށް ދިން އިރުސާދެއް ކަމަށް ބުނެ، "އަހަރެމެން ހޯދުމުގެ މަސައްކަތަށްވުރެ ރަނގަޅުވާނީ އެވަގުތު މަސްތުވާތަކެތި އަދި ގޭންގުތަކުގެ މާރާމާރީ ހުއްޓުވަން ބޭނުންކުރުން" ކަމަށް ލިޔެފައިވެއެވެ.
އަދި ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓް ލިސްޓަށް މިހާރުގެ ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވައި، ހުއްޓުވަމުންދާ ކަމަށް ރައްޔިތުން ބުނާކަމަށްވެސް މި އެކައުންޓުން ފާހަގަކޮށްފައިވެއެވެ. ރައްޔިތުން ބުނާގޮތުގައި ސަރުކާރުން ދަނީ ލިސްޓަށް އަތްބާނައި، އެކިއެކި ބަދަލުތައް ގެންނަމުންނެވެ. މި މައްސަލައާ ގުޅޭގޮތުން އެޗްޑީސީ އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ. މި ޚަބަރު ތައްޔާރުކުރެވުނު އިރު މި މައްސަލަ ތަޙްޤީޤުކުރެވެމުންދާކަން އަދި ކަށަވަރެއް ނުވެއެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4