މަދުކުރާ ސިޔާސީ ސްޓާފުންނަށް ވަޒީފާ ދޭ ކުންފުނިތަކުގެ ވެރިން. އާރް.ޑީ.ސީގެ ބްރިގޭޑިއާ ޒުހޭރު، އެމް.އޭ.ސީ.އެލްގެ ފޮނި ޝަރީފް، ވެމްކޯ މުޖޭ (މަތިން ކަނާތުން ވާތަށް) އަދި އެމް.ޕީ.އެލް ޖުހާ ވަޖީހު، ފެނަކަ ކަޓް މުއާޒް އަދި އެޗް.ޑީ.ސީގެ ރުންކުރު ފަޒުލް
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ނަމުގަ މަދުކުރަން އިއުލާންކުރި ސިޔާސީ މުވައްޒަފުންނަށް ސަރުކާރުގެ އެކި ކުންފުނިތަކުން ވަޒީފާ ހަމަޖައްސަދޭކަން ކަށަވަރުވެއްޖެއެވެ.
މިއަދު މުއިއްޒު ކުރި ޓްވީޓެއްގަ ބުނީ ކުރިއަށް އޮތް 15 ދުވަސް ތެރޭގަ އެކި މިނިސްޓްރީތަކުން 228 ސިޔާސީ މުވައްޒަފުން މަދުކޮށްގެން ދައުލަތުގެ ބަޖެޓުން 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
އެހެން ނަމަވެސް މުއިއްޒު މި ނިންމުން ނިންމީ އެ 228 މީހުންނަށް ސަރުކާރުގެ އެކި ކުންފުނިތަކުން ވަޒީފާ ލިބޭނެގޮތް ހަމަޖައްސާދިނުމަށްފަހުއެވެ.
އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ އެ މީހުންނަށް ވަޒީފާ ދޭން ހަމަޖެހިފައޮތީ އަދި 6 ކުންފުންޏަކުންނެވެ.
އެއީ އެމް.އޭ.ސީ.އެލް، އެމް.ޕީ.އެލް، ވެމްކޯ، އާރް.ޑީ.ސީ، ފެނަކަ އަދި އެޗް.ޑީ.ސީއެވެ. މީގެ ތެރެއިން ބައެއް ކުންފުނިތަކުން މިހާރުވެސް ވަޒީފާ އިއުލާންކުރަން ފަށާފައިވާއިރު ކުރިއަށް އޮތް މަހެއް ހާ ދުވަސް ތެރޭ އެކަން ވަރަށް އާންމުކޮށް ފެންނާނެއެވެ.
މީގެ ކުރިން މި ސަރުކާރުން ވަކިކުރި ސިޔާސީ މުވައްޒަފުންނަށްވެސް އެ މީހުންނަށް ކުރިން ލިބުނު މުސާރަޔާ އެއްވަރަށް ލިބޭ ވަޒީފާތަކެއް ސަރުކާރު ކުންފުނިތަކުންވަނީ ހަމަޖައްސާދީފައެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކަކީ ދައުލަތުގެ ބަޖެޓުން މިހާރުވެސް ޚަރަދުކުރަންޖެހޭ ހާލަތްތަކުގަ އޮތް ކުންފުނިތަކެކެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ބައިން އަދަދެއް މަދުވިނަމަވެސް އެ ބައި ދެން އިތުރުވާނީ ސަރުކާރު ކުންފުނިތަކަށް ކުރާ ޚަރަދުގެ ބައިންނެވެ.
މީގެ ކުރިން މިނިސްޓްރީ އޮފް ފައިނޭންސްއިން ޤަވާއިދުން އާންމުކުރަމުންދިޔަ އާމްދަނީ އާއި ޚަރަދުގެ ރިޕޯޓްތައް އާންމުކުރުންވެސް މި ސަރުކާރުން ވަނީ ހުއްޓާލާފައެވެ. އެގޮތުން ހަފްތާ ރިޕޯޓްތައް ޖޫން މަހު ހުއްޓާލިއިރު މާރޗް މަހުގެ ފަހުން މަހަކު އެއްފަހަރު އާންމުކުރާ ރިޕޯޓް އަދި ނުފެނެއެވެ.
ސަރުކާރުން މިކަން ކުރުންވެސް ހުއްޓާލީ އިންތިހާއަށް ޚަރަދުބޮޑުވުމުން އެ ޚަރަދުތަކުގެ ތަފްސީލް ފޮރުވަންވެގެންނެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4