މާލެއަށް ދުނިޔޭގައި ނެތް ފެންވަރުގެ އަންޑަވޯޓަރ ޓަނަލެއް- އަތޮޅުތެރެ ވަނީ ދޫކޮށްލެވިފަ
މުއިއްޒުގެ ވެރިކަން ފެށުމާއެކު ފެނިގެން ދިޔައީ ރަށްރަށުގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫޢުތަކާއި ޒަރޫރީ ޚިދުމަތްތައް ގާއިމު ކުރުމަށް ފަށާފައި ހުރި މަޝްރޫޢުތައް ބަރިބަރިއަކަށް ހުއްޓަމުން ގެންގޮސްފައިވާ ތަނެވެ. މިގޮތުން ރަށްރަށުގައި މަގު ހަދަން ގެންގޮސްފައި ހުރި ހުރިހާ މެޝިނަރީއެއް ވަނީ ބާލާފައެވެ. ބަނދަރު ބޮޑު ކުރުމާއި ހޮސްޕިޓަލް ޕްރޮޖެކްޓްތައް ވަނީ ހުއްޓުވާފައެވެ. އަދި ކުރިއަށް ދާ އެކިއެކި މަޝްރޫޢުތައްވެސް ވަނީ ސްކޯޕް ކުޑަކޮށް އެއިން ރާއްޖެތެރޭ ރައްޔިތަކަށް ފައިދާއެއް ނުވާވަރު ކޮށްފައެވެ.
ކުރީގެ ސަރުކާރުން ދެމުން ގެންދިޔަ ފައިސާއެއް، އަލަށް ފެށީކަމަށް ބުނެހެދީ އިތުރުފުޅެއް
މި ހުރިހާ ފައިސާއެއް މުއިއްޒު ޖަމާކުރަމުން މި ގެންދަނީ އެބޭފުޅާގެ ހުވަފެންފުޅު ކަމުގައިވާ ރަސްމާލެ އަށެވެ. އާދެ މާލެ އަށެވެ. ނުވިތާކަށް އެހަށް ދުވަހު އިއުލާނު ކޮށްފައި އެވަނީ ބޮޑު އޮޔެގަދަ ކަނޑުއޮޅިއެއް ހުރަސްކޮށް ކަނޑުއަޑިން ބޮޑު ޓަނަލެއް އަޅާނެ ވާހަކައެވެ. މިފަދަ މަސައްކަތްތަކުގެ އަގު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި މި ޕްރޮޖެކްޓަށް އެކަނި 20 ބިލިއަން ޑޮލަރު ނުވަތަ 360 ބިލިއަން ރުފިޔާ (360،000،000،000.00) ޚަރަދު ވާނެއެވެ. މިއީ 10 ވަރަކަށް އަހަރުގެ މުޅި ދައުލަތުގެ ބަޖެޓެވެ.
ބިއްލޫރި ޓަނަލަކުން މާލެއާއީ ފުށިދިއްގަރުފަޅު ގުޅާލަން ވީވައުދު
ނުވިތާކަށް މުއިއްޒު ހުންނެވި އާވާރާ ކަންފުޅުގައި ބުނެފައިވަނީ މި ޓަނަލުން ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ފެންނާނެ ކަމަށެވެ. މުއިއްޒަށް ނުވިސްނި އޮތް ކަމަކީ މިވަރުގެ ފުން ކަނޑެއްގެ އަޑިން ދާއިރު އެއީ މުރަކައާއި އެއްޗެހި ހެދިފައި އޮންނަ ތިލަމިނެއް ނޫނެކަމެވެ. އަދި އެ ހިސާބަށް އިރުގެ އަލިވެސް ނުފޯރާނެކަމެވެ.
މިހުރިހާ ކަމެއް މާލެއަށް ޖަމާކޮށް ރަށްރަށުގެ މަޝްރޫޢުތައް ހުއްޓުމުގެ ބަދަލުގެ ގޮތުގައި މުއިއްޒުގެ ހެޔޮފުޅުކަމުން ދެއްވަނީ ކޮންމެ މަހަކު މާލޭ އަތޮޅުފިހާރަތަކުން ލިބޭ ކުލީ ފައިސާއެވެ. އެވެސް އަތޮޅަށް އެކީއެވެ. އަތޮޅަކަށް މި ޖެހެނީ މަހަކު 30 ހާހެއްހާ ރުފިޔާއެވެ. ލައްކަ ތަރައްގީގެ މަޝްރޫއު ހިންގޭނެތާއެވެ. މިހެން މިކަން އިއުލާނު ކުރިއިރު 2022 ވަނަ އަހަރުން ފެށިގެން ސަރުކާރުން ގޮސްފައިވަނީ އަތޮޅު ފިހާރަތަކުން ލިބޭ އެންމެހައި އާމްދަނީއެއް އަތޮޅު ކައުންސިލަތަކަށް ޖަމާ ކުރަމުންނެވެ.
އައިޖީއެމްއެޗް ގެ ބަދަލުގައި އައު ހޮސްފަތާލެއް އަޅަން ނިންމުން
ގައުމުގައި ހިނގާ ކަމަކަށް ވިސްނުމެއް ނުބަހައްޓައި އަނެއްކާވެސް ބޮޑު ޕްރޮޖެކްޓެއް ހިންގައިގެން ހެޔޮވަރު ކަޓެއް ނަގަން އުޅޭ މީހަކަށް މިވަރު ކަމެއް ނޭނގި އޮވެދާނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލު ކުރެހުން ފާސްކޮށް އެއްބަސްވުމުގައި ސޮއިކޮށް ފައިސާ ދައްކައި އެތަނުން އެއް ޓަވަރު ގެންގޮސް ދިމްޔާތުގައި ބެހެއްޓި މީހަކު މިވަރު ކަމެއް ކޮށްލައިގެން އަދި ދިވެހިން ކޮސްވާކަށް ނުވެއެވެ.
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4