މުބީންގެ ބެލުމުގެ ދަށުން ރީޖަނަލް އެއާޕޯޓްސް ކޮރަޕްޝަންގެ ހާއްޔަކަށް
މުބީނު ރީޖަނަލް އެއާޕޯޓްސް ކުންފުންޏާއި ހަވާލުވުމާއިއެކު އެތަނުގައި ފެށީ ކޮރަޕްޝަންގެ މަސައްކަތްތައް. މިއަހަރުގެ އާ އަހަރު ފާހަގަކުރަން މަޑަވެލި މުއާޒު (ފެނަކަ އެމްޑީ) އާއި ރައްޓެހިންގެ ގްރޫޕަކުން ޑުބާއީއާއިގޮސް، އެތަނުގައި ތިބެގެން ކޮރަޕްޝަން ހިންގާނެގޮތުގެ ޕްލޭންތައް ހެދި. އާ އަހަރު ފާހަގަކުރަން އެމީހުން ބޭއްވީ 'ވައިޓް ޕާޓީ'އެއް.
މުބީނު ރީޖަނަލް އެއާޕޯޓްސްއާ ހަވާލުވިއިރު ހުވަދު އަތޮޅު މާވަރުލު އެއާޕޯޓުގެ ޕަވާހައުސްގައި ކަމިންސް ބްރޭންޑްގެ 3 އިންޖީނު ހުރި. މުބީނު އައިސް، އެތަނަށް ހަތަރުވަނަ އިންޖީނެއް ގަންނަން ނިންމާ، އޭނަގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ހަވާލުކުރި. އެކުންފުނިން ގެނައި ކަމިންސް އިންޖީނަކީ ފޭކު އެއްޗެއް. އެހެންކަމުން އެ އިންޖީނު ކުރީގެ 3 އިންޖީނާއި ސިންކްރޮނައިޒެއް ނުކުރެވުނު. ސިންކް ކުރަން ބަޔަކަށް 2 ލައްކަ ރުފިޔާ ދީގެން ގެނެސްގެން އެކަން ކުރަން ޖެހުނީ. މީ މުބީންގެ ކޮރަޕްޝަނާއި އޭނާގެ ސަބަބުން ދައުލަތަށް ލިބެމުންދާ ގެއްލުމުގެ ކުޑަ މިންވަރެއް.
ސަރުކަރުގެ ހަރަދުބަރަދު ބޮޑުވެ، ބަޖެޓަށް ނުކަތާ ވަރުވެފައިވަނިކޮށް، އިތުރު ހަރަދުތައް ނުކުރުމަށާއި، އިތުރު ތަކެތި މިއަހަރަށް ފިނޭންސްގެ ހުއްދަ ނެތި ނުގަންނަން ފިނޭންސް މިނިސްޓްރީއިން އަންގާފައިވަނިކޮށް، ސިންގަޕޫރުން ފަޔާ ލޮރީ ސްޕެއާ ޕާޓްސް ގަތުމުގައިވެސް މުބީން ވަނީ ކޮރަޕްޝަން ހިންގާފަ. ރީޖަނަލް އެއާޕޯޓްސް އާއި ވެނާލާ އެއާޕޯޓަށް ފަޔާ ވެހިކަލް ގެންނަން ދެ ކުންފުންޏަކުން. ރީޖަނަލް އެއާޕޯޓްސް، އެމްއޭސީއޭއެލްގެ ދަށަށް ބަދަލުކުރުމުގެ ގޮތުން ތެޅި ފޮޅިގެން ޑީއެމްޑީއާއި އިތުރު ބައެއްގެ މައްޗަށް ހިމެނޭ ބޮޑު ޓީމެއް މުބީން ސިންގަޕޫރަށް ފޮނުވި. އެމީހުން އެތަނުގެ ޖަންކް ޔާޑަކާ ވާހަކަ ދައްކައިގެން އެ ފަޔާލޮރީތަކަށް ބޭނުންވާ ސްޕެއާ ގަންނަން ލޯންގްޓާމް އެގްރީމެންޓެއް ހެދި. ބޭނުމަކަށްވީ އެއިންވެސް ކައޓެއް ނެގުން. މި ދަތުރުކޮށްފައިވަނީ ނޮވެމްބަރު މަހުގެ ފަހުކޮޅު.
މުބީނުގެ އުނދަގުލާ ހެދި އެތަނުން މުވައްޒަފުންވެސް ދަނީ ކެނޑެމުން. މެންސް ޑޭ ފާހަގަކުރަން އެތަނުގައި ކުޅުނު ފުޓުބޯޅަ މެޗުގައި ބައެއް އަންހެން ސްޓާފުން ސަޕޯޓްކުރިއިރު މުބީނުގެ ޓީމުގެ ނޫން އަނެއްޓީމަށް ސަޕޯޓުކޮށް ފޯރިނެގީތީ އެކަމާ ރުޅިއައިސްގެން މުވައްޒަފުން ތިބޭ ގްރޫޕުގައި އެމުވައްޒަފުންނަށް ބަވާލި. އެމައްސަލައިގައި ރީޖަނަލް އެއާޕޯޓްސްގެ ޕްރޮކިއުމަންޓް ސްޓާފެއް އެތަނުން ވަކިވެސް ވެއްޖެ. ފުޓުބޯޅަ ޓީމަކާ ހަވާލުވެގެން ހުރި މީހެއްގެ ކިބައިގައި ކުޅިވަރުގެ ރޫހު ނެތުމަކީ ލަދުވެތި ކަމެއް.
މުބީނުގެ އާއިލީ މީހުންގެ ނަމުގައި ހިއްސާ ބާއްވައިގެން މުބީނުއާއި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީނުއާއި ފެނަކަ މުއާޒު ހިންގާ މެންދުރު ޓީވީއަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން މަހަކު ދަނީ 2 ލައްކަ ރުފިޔާގެ ސްޕޮންސާވެސް ދެމުން. ސްޕޮންސާ އެގްރިމެންޓް ހަދާފައިވާ އެހެން މީޑިއާތަކަށް ފައިސާ ނުދީ މުބީނުގެ ޓީވީއަށް އަވަސް އަރުވާލައިގެން ކޮންމެ މަހަކު ލާރިދޭތީވެސް ބައެއް މުވައްޒަފުން ތިބީ ހިތްހަމަނުޖެހިފަ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4