އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު އާއި ރައީސް މުއިއްޒު
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އުފައްދާފައިވާ ކުންފުނި، އެމްއެމްޕީއާރްސީން ކްރިސްޓިއަން ދީން ޕްރޮމޯޓްކޮށްފިއެވެ.
އެމްއެމްޕީއާރްސީން ހިންގާ ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓުގައި ވަނީ ކްރިސްޓިއަނުންގެ ޚާއްސަ ހެދުން އަޅައިގެން ރާއްޖޭގެ ރިސޯޓެއްގައި މީހަކު ހަރަތާކްތެރިވާ ފޮޓޯއެއް ހިމަނާފައެވެ. އަދި އެ ފޮޓޯ ވަނީ ވިޒިޓް މޯލްޑިވްސްގެ ފޭސްބުކު ޕޭޖްގައި ވެސް ޝެއާކޮށްފައެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި ހުރިހާ ކަމެއް ވެސް ކުރައްވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަދު ފެންނަމުން މިދަނީ އެއާ ޚިލާފަށް ސަރުކާރުން އަމަލުކުރަމުންދާ މަންޒަރެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ނުރުހުންފާޅުކުރަމުންނެވެ. މިފަދަ ކަންކަން ހުއްޓާލައި ރައްޔިތުންގެ ކިބައިން ސަރުކާރުން މައާފަށް އެދުމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ޖަމިއްޔަތުއްސަލަތުގެ އެއްވެސް ދީނީ އިލްމުވެރިޔަކު މިކަން ކުށްވެރިކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ފިރިހެނުންނާއި އަންހެނުން ސަލާން ކުރުމަކީ ހަރާމް ކަމެއް ކަމަށް ސަލަފްގެ ދީނީ އިލްމުވެރިން ވިދާޅުވެފައިވެއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އެއްވެސް ފިރިހެނަކާ ސަލާން ކުރައްވާފައެއްނުވެއެވެ.
ނަމަވެސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތްފަހުން ރަށްރަަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެކަމަނާ އަންނަނީ ފިރިހެނުންނާ ވެސް ސަލާން ކުރަމުންނެވެ. މީގެއިތުރުން މުއިއްޒު ވެސް ވެރިކަމަށް ވަޑައިގަތްފަހުން އަންހެން ކަނބަލުންނާ ސަލާން ކުރައްވާ މަންޒަރު ފެނެއެވެ.
ސާޖިދާ އަކީ ސަލަފްގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހީމްގެ އެއްބަފާ ކޮއްކޯފުޅެވެ. މުއިއްޒު ވެރިކަމަށް ގެނައުމަށް ސަލަފުން މަސައްކަތް ކުރި ސަބަބަކީ އެއީއެވެ. ސަލަފުގެ އިލްމުވެރިން ހަރާން ކަމެއް ކަމަށް ވިދާޅުވެފައިވާ ކަމެއް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކުރައްވާއިރު، އެ ޖަމިއްޔާގެ ދީނީ އިލްމުވެރިން މިކަމުގައި އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.
0%
0%
0%
0%
0%
ޜުބާ
26 ޑިސެންބަރު 2023
ޟުއިޒް ޢާއި ސާޖިދު ބުނީ ސަލާން ކުރުން މަނާކަމައް.. މިހާރު ފުރިހެނުން އަތުގަ ސަލާން ކުރާހިތުން ދުވަނީ
އަދުރޭ
26 ޑިސެންބަރު 2023
މުއިއްޒުގެ ދީނީ ސަރުކާރު
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4