ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން 2 މިލިޔަން ޑޮލަރަށް ގަންނަން ލިބޭ ޑްރޯންތަކެއް 39 މިލިޔަން ޑޮލަރަށް ގަތުމަށްފަހު އޭގެ ބޭނުން ނުކުރެވި އިޒްރޭލަށް ވާގިވެރިވާ އެމެރިކާގެ ނާސާއާ ގުޅިގެން ސެޓެލައިޓް ބޭނުން ކުރަން ސަރުކާރުން ތައްޔާރުވާން ފަށައިފިއެވެ.
ސަރުކާރުން ސެޓެލައިޓް ބޭނުންކުރަން އުޅޭކަން ޕީއެސްއެމްގެ ޕްރޮގްރާމެއްގަ ހާމަކުރީ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނެވެ.
ޣައްސާން ބުނީ މިކަން ކުރަނީ އެމެރިކާގެ ނާސާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ސްޕޭސް ރިސަރޗް އޯގަނައިޒޭޝަނާ ގުޅިގެންނެވެ.
ޣައްސާން ބުނީ ރާއްޖެއާ ގުޅިގެން މަަސައްކަތްކުރާ ކޮންމެ ގައުމަކާ އެކު ވެސް ރާއްޖެއިން އަސްކަރީ ގުޅުން ގާއިމް ކުރާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަން ކަމަށް ބުނެ މި ސަރުކާރުން ވަނީ ތުރުކީން އަގުބޮޑުކޮށް ޑްރޯންތަކެއް ގަނެފައެވެ. އެކަމަކު ޓެސްޓް ބުރުތަކެއް ޖެހުން ފިޔަވާ އިތުރު ބޭނުމެއް އެ ޑްރޯންތަކުުން ހިފި ތަނެއް އަދި ނުފެނެއެވެ. އެންމެ ކުޑަމިނުން މީހަކު ގެއްލިގެން ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއްގަ ވެސް އެ ޑްރޯން ބޭނުމެއް ނުކުރެވެއެވެ.
ޑްރޯންތަކުގެ ބޭނުން ނުހިފާތީ އާންމުން ފާޑުކިޔަން ފެށުމުން އެ ޑްރޯންތައް ރަށްރަށަށް ބޭސް އުފުލަން ބޭނުންކުރަން އުޅޭކަމުގެ އަޑުތަކެއްވެސް ސަރުކާރުން އެރުވިއެވެ. އެކަމަކު ޑްރޯންެއަކުން ބޭސް ޝިޕްމަންޓެއް ކީއްކުރަން، ބޭސް ކޮތަޅެއްވެސް ޑެލިވަރ ކުރެވުނު ރަށެއް ނެތެވެ.
ކަނޑު ބަލަން ޑްރޯން ގަނެ އެ ބޭނުންނުކޮށްތިބެ ސެޓެލައިޓް ބަލަން އުޅޭތީ ގިނަ އަދަދެއްގެ މީހުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4