ރަށް ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންގެ އެކޮމަޑޭޝަން އެލަވަންސް ދެވޭކަންނެއް-ރިޔާސީ ބަޔާން
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އިހްސާންތެރިކަން އިންސާނުންނާ ހަމައިން އެކަނި ނުހުއްޓޭކަމަށެވެ. މިސާލަކަށް ރައީސް ނެންގެވީ މާލޭ ސަރަހައްދުގައި މަގުމަތީގައި އުޅެމުންދާ ބުޅާތަކަށް ރިޔާސީ އިންތިހާބުގައި ވެވުނު ވައުދެވެ.
އިންތިހާބެއްގައި ވޯޓްވެސް ނުދެވޭ ބުޅާތަކަށް ކުރިން ރިސޯޓެއްގެ ގޮތުގައި ބޭނުންކުރި ފައިވްސްޓާ ކްލަބްމެޑް ނުވަތަ ފަރުކޮޅުފުށީގައި އެންމެ ޒަމާނީ ޝެލްޓާއެއް އަޅުއްވާދެއްވާ 24 ގަޑިއިރު ޑޮކްޓަރުން ބައިތިއްބައި ފަސްޓްކްލާސް ކާތަކެތި ދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެހެނަސް މުޅި އުމުރު ތަޢުލީމީ ދާއިރާގައި ހޭދަކޮށް އަނބިދަރިން ދޫކޮށް، ރަށުން ބޭރުގައި ހަޔާތެއް ވޭތުކުރަމުންދާ ރާއްޖޭގެ ޕްރިންސިޕަލުންނަށް ރައީސް މުއިއްޒުގެ އިހްސާންތެރިކަމުން ޒައްރެއްގެ މިންވަރު އޮތްކަމަށްވެސް އިއްޔެގެ ރިޔާސީ ބަޔާނުގައި ވިދާޅެއް ނުވިއެވެ.
ރަށް ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންގެ އެކޮމަޑޭޝަން އެލަވަންސް 2023 މެއިމަހުން ފެށިގެން ދޭން ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި 1 އޮކްޓޯބަރު 2023 ފެށިގެން ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ ސިޓީއަކުން ފިނޭސް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.
މީގެއިތުރުން މާލޭގަ ދިރިއުޅޭ ގިނަ ޕްރިންސިޕަލުންނަށް ހިޔާ ފްލެޓް ލިބެން ޝަރުތު ހަމަވި އިރު ޢާއިލާ މާލޭގައި ބައިތިއްބައިގެން މުޅި އުމުރު ރަށްރަށުގެ ސްކޫލު ތަކުގައި މަސައްކަތް ކުރެއްވި ޕްރިންސިޕަލުންނަށް އެފަދަ ފުރުޞަތެއް ނުދިނެވެ. -ރަށް ނޫން އެހެން ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންގެ މެދުގައިވެސް ތަފާތު ކުރުން ގެންގުޅޭއިރު އުޞޫލެއްނެތި ދައުލަތުގެ އިމާރާތެއްގައި ބައެއް ޕްރިންސިޕަލުން ތިއްބެވި އިރު އުޞޫލެއް ނެތްކަމަށް ބުނެ ގިނަ ޕްރިންސިޕަލުންނަށް އެފަދަ އެއްވެސް ފުރުޞަތެއް ނެތުން އަދި ވަގުތީ ގޮތުން ހިންގަން ފޮނުވާ ޕްރިންސިޕަލުންނަށް އެކޮމަޑޭޝަނަށް ބޮޑު ޚަރަދެއް ކުރަން ޖެހޭކަން ސަރުކާރަށް ނުވެސް އެނގެއެވެ.
މީގެއިތުރުންވެސް ޕްރިންސިޕަލުންނާ ދޭތެރޭ ސަރުކާރުން އަމަލުކުރަނީ އެކިފަހަރު އެކިގޮތަށް އަދި ތަފާތުކުރުން ބޮޑުކޮށެވެ. އެގޮތުން ބިދޭސީ ޕްރިންސިޕަލެއް ނަމަ އެކޮމަޑޭޝަންއަށް 9000 ރުފިޔާ ސަރުކާރުން ދެމުން ގެންދެއެވެ. ނަމަވެސް ދިވެހި ޕްރިސިޕަލުން ދިވެހި ބިމުގައި އުޅެން މިޖެހެނީ ރެފިއުޖީންގެ ގޮތުގައެވެ. އެހެންކަމުން ރައީސް ރައީސް މުއިއްޒުގެ ބުޅަލަށް ވީވަރުވެސް ޕްރިންސިޕަލުންނަށް ނުވީތާއެވެ.
0%
0%
0%
0%
0%
ރަން ރީނދޫ
6 ފެބުރުވަރީ 2024
ކޮންމެ ފަންނެއްގެ ބައެއްގެ ވާހަކަ ވަކިން ކިޔަން ވެއްޖިއްޔާ ދުވަހުންވެސް ރިޔާސީ ބަޔާން އިއްވާ ނުނިމޭނެ ދޯ. ފިތުނަ ދޮލަނގު އުފުލިޔަސް ތިޔަ ދެން ބޮޑު ވަރު
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4