މިއީ ޙަޤީޤަތުގައި ރައްޔިތުންގެ އަޑު މަރުކަޒީ ސަރުކާރުން ފޮރުވާލުމަށް ކުރާ މަސައްކަތެއް
ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމަށް ރާވާ ކަމަށް ބުނެ ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާކަން ފާހަގަކުރެވެއެވެ. ޕީއެންސީގެ ޖަލްސާއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުގެ އަދަދާއި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވިސްނާވަޑައިގަންނަވާ ކަމަށެވެ.
ގިނަ ކައުންސިލްތަކުން ދެކޭ ގޮތުގައި މިއީ އަތޮޅުތަކަށް ލިބިފައިވާ ބާރުވެރިކަން ނިގުޅައިގަތުމަށް އަޅާ ފިޔަވަޅެކެވެ. "ރައީސް މުޢިއްޒުގެ ނާޤާބިލު ވެރިކަމުގެ ހިތި ބޭސް ބޯން މިޖެހުނީ އަތޮޅު ތެރެއަށް ލިބުނު ބާރުވެރިކަމަށް. ދެން ކަނޑާލާނީ ގްރާންޓު ނޫންކަމެއްވެސް ނޭގެ"
ސަރުކާރުން މި ބަދަލު ގެންނަން އުޅެނީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ބުނި ނަމަވެސް، ގިނަ ރައްޔިތުން ޝަކުވާ ކުރަނީ އަދިވެސް ސިޔާސީ މަގާމުތައް އިތުރުކުރަމުންދާ ކަމަށެވެ. ބޮޑެތި މުސާރައިގައި އައު ސިޔާސީ މަގާމުތަކަށް މީހުން ނަގަމުންދާ ކަމަށް ރައްޔިތުން ތުހުމަތުކުރެއެވެ.
"މިއީ ޙަޤީޤަތުގައި ރައްޔިތުންގެ އަޑު މަރުކަޒީ ސަރުކާރުން ފޮރުވާލުމަށް ކުރާ މަސައްކަތެއް,"
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާއިރު، ގިނަ ބަޔަކު ވަނީ ލާމަރުކަޒީ ނިޒާމު ހިމާޔަތްކުރުމަށް އަޑުއުފުލާނެ ކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް އެކި ގޮތްގޮތުން އިހުތިޖާޖު ކުރުމަށް ގިނަ ބަޔަކު ތައްޔާރުވަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4