މުއިއްޒު އާއި އަދުރޭ އަދި އަދުރޭގެ ޓިނު ފެކްޝަނާ ގުޅުނުކަން ކަށަވަރުވާ ސިޔާސީ އަޅުން
މި ސަރުކާރު ބެހިފައި އޮތް ހޮޅި ފެކްޝަނާއި ޓިނު ފެކްޝަން ފައްތަރުނުވެ ކުރަމުންދާ ފިނި ހަނގުރާމައިގައި ރައްޔިތުންގެ މަޖިލިސް ރައީސް އަދި ހިސާބު މުދައްރިސް އަބްދުއްރަހީމް (އަދުރޭ) ސަރުކާރު ކުންފުނިތަކާއި ރައީސް އޮފީހުން ސިޔާސީ އަޅުންތަކެއް ބޮޑު އަގެއް ދިނުމަށްފަހު ބައްލަވައިގެންފިއެވެ.
ސަރުކާރުގެ އެންމެ މަތީ ފަޑިން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ ހޮޅި ފެކްޝަން ދެމެހެއްޓުމުގެ މަސައްކަތެވެ. އަނެއްކޮޅުން އަދުރޭ މަސައްކަތް ކުރައްވަނީ އޭނާގެ ޓިނު ފެކްޝަން ބޮޑުކުރުމުގެ މަސައްކަތެވެ.
މި ކުރިމަތިލުން ހިނގަމުންދާއިރު ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް މެމްބަރުންނާއި ސިޔާސީ އިސް މަޤާމުތަކުގަ ތިބޭ މީހުން ތިބީ އަމިއްލައަށް ނީލަމަށް ހުށަހެޅިގެންނެވެ. އެ އިރެއްގައި އެންމެ ބޮޑު ހުށަހެޅުމެއް ލިބޭ ކޮޅަކަށް ދާން ތައްޔާރަށް ތިބި މި މީސްމީހުންނަށް ދެ ފެކްޝަނުން ވެސް ފައިސާ އާއި އެހެނިހެން އިނާޔަތް ޕެކޭޖުތަކުގެ ހުށަހެޅުންތައް އަންނަނީ ލިބެމުންނެވެ.
ނީލަމުގައި މިހާތަނަށް ވިކުނު ސިޔާސީ ބައެއް އަޅުންގެ މައުލޫމާތު ވެސް އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. އެގޮތުން އަދުރޭގެ ޓިނު ފެކްޝަނާ އެންމެ ފަހުން ގުޅުނު އެންމެ ފާހަގަކޮށްލެވޭ އެކަކަކީ މުއިއްޒުގެ އާއިލާއިން އެންމެ އަރިސް އެކަކު ކަމަށްވާ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފެވެ.
އޭގެ އިތުރުން ޓިނު ފެކްޝަނާ ގުޅުނު ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރޭގައި ސްޓެލްކޯ ފަހުމީ އަދި ކަރަޕްޝަންގެ ފައިސާ މުއިއްޒަށް ޕަމްޕުކޮށްދެމުންދިޔަ މުލަ ތިން ވަގުންގެ ގޮތުގައި މަޝްހޫރު ފެނަކަ މުއާޒް، ރީޖަނަލް އެއާޕޯޓު މުބީން އަދި ވެމްކޯ މުޖޭ، ފަންޑު މެނޭޖްމަންޓުގެ ހެރިންސް އަންމަޑޭ އަދި އެޗް.ޑީ.ސީ ރުންކުރު ފަޒުލް ހިމެނެއެވެ.
މި ހުރިހާ އެންމެންނަކީ ވެސް ސަރުކާރަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގަ އަމިއްލަ ނާޖާއިޒް ފައިދާއަށް ކަރަޕްޝަންގެ އަމަލުތަކާއި މުއިއްޒުގެ މަގުބޫލުކަން ކުޑަވާނެ ފަދަ ކަންކަންކޮށް، ވާހަކަތައް ދައްކާފައިވާ މީސްމީހުންނެވެ.
އެގޮތުން އަލީ އާރިފަކީ އާދައިގެ ރައްޔިތުން ފެންވަރު އޮޅިގެން ނޫޅުމަށާއި ބަތާ ގަރުދިޔައިން ބަނޑުފުރައިގެން އުޅުމަށް ގޮވާލި މީހެކެވެ.
މުލަ ތިން ވަގުން (މުއާޒް، މުބީން އަދި މުޖޭ) ވަނީ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގަ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުން ޤުރުބާންކޮށް އެކަން ކުރުމުގެ ބަދަލުގަ އަމިއްލަށް ޖީބަށް މިލިއަނުން ފައިސާ ވައްދާ ކުއްލި މުއްސަނދިކަމެއް ހޯދާފައެވެ. އަދި މި ތިން މީހުންވެގެން މުއިއްޒުގެ މުލިއާގެ ޕެކޭޖަށް ގިނަ އަދަދެއްގެ ފައިސާ މީގެ ކުރިން ސްޕޮންސަރ ކޮށްދީފަވެއެވެ.
ސްޓެލްކޯ ފަހުމީގެ ކަމަކަށް އޮތީ ކަރަންޓް ބިލްތައް ހެސްކިޔާފަ ބޮޑުކޮށް ނިކަމެތި ރައްޔިތުންނަށް ޖެއްސުން ކުރުމެވެ.
ހެރިންސް އަންމަޑޭގެ ކުންފުނިން ހަވާލުކުރި އެއްވެސް މަޝްރޫއެއްގެ ހިލަމެއް ނެތްއިރު ފަންޑު މެނޭޖްކުރާ ގޮތް އެނގޭ މީހަކުވެސް ނެތެވެ.
އެޗް.ޑީ.ސީ ފަޒުލް މަޤާމާ ހަވާލުވީ ގޮތަށް އޭނާގެ އަނބިމީހާއަށް ހުޅުމާލޭން ލުއި ގޮތަކަށް ބޮޑު ބިމެއް ވަނީ ހޯދަދީފައެވެ.
ދެގޮތެއް ނުވެ ހޮޅީގެ ގުޅުމަކުން މުއިއްޒުއާ ގުޅިފައިތިބި މީހުންގެ ތެރޭގައި އެމް.ޓީ.ސީ.ސީ. ސައުދު، އާރް.ޑީ.ސީ ޒުހޭރު، އެސް.ޓީ.އޯ ޝިމާދު، އެމް.އޭ.ސީ.އެލް ޝަރީފް އަދި އެމް.ޕީ.އެލް ޖުހާ ވަޖީހު ހިމެނެއެވެ.
މަޖިލީހުގައިވެސް ހޮޅި ފެކްޝަންގެ ބާރު ކުޑަވަމުންދާ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. ޓިނު ފެކްޝަން ކޮޅަށް މެމްބަރުން އަނބުރާލަނީ ހޮޅި ފެކްޝަނުން މެމްބަރުންގެ ވަފާތެރިކަމަށް ދޭ ބައިލައްކަ އާއި 75000 ރުފިޔާއާ ދެމެދުގެ އިނާޔަތަށް ވުރެ ބޮޑު އަދަދެއް ދީގެންނެވެ.
މި ފައިސާ ޓިނު ފެކްޝަނުން ނެރެނީ އެ ފެކްޝަނާ ގުޅިފައިވާ ސަރުކާރު ކުންފުނިތަކުގެ ވެރިން މިލިއަނުން ނަގާ ކަޓް ފައިސާއިންނާ އަދުރޭގެ ސިއްރު ޑީލްތަކުންނެވެ.
އަދުރޭގެ ޓިނު ފެކްޝަން ވަރުގަދަ ކުރަމުންދާއިރު ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ޓިނު ފެކްޝަނާއި ދަނޑި މޮކް ރެޓްސް ގުޅިގެން މަސައްކަތްކުރާކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4