ރައީސްގެ ތުރުކީގެ ދަތުރުފުޅުތެރެއިން! (ޕޮޓޯ ހ.ކުރުސީ އެކްސް އެކައުންޓު)
ތުރުކީއަށް ވިސާއާއި ނުލާ ދަތުރު ކުރެވޭ ގޮތަށް ވިސާގެ ލުއިކަން 6 ޤައުމަކަށް ދީފި ކަމަށް އެޤައުމުގެ ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފިއެވެ. މިގޮތަށް ވިސާއާއި ނުލާ ދަތުކުރުމުގެ ލުއިކަން ދީފައިވާ ޤައުމުތަކަކީ އެމެރިކާ، ބަހުރެއިން، ޔޫއޭއީ، ކެނަޑާ، ސައުދި އަރަބިއްޔާ އަދި އޮމާން އެވެ.
ނަމަވެސް ދިވެހި ރާއްޖެ މި ލިސްޓުގައި ހިމެނިފައެއް ނެތުމުން އަޅުގަނޑުމެން ދިޔައީ ސިއްސައިގެންނެވެ. ރައީސްގެ ދެމަފިރި ކަނބަލުން ބޮޑު ގާފިލާއަކާއިއެކު ތުރުކީއަށް ކުރި ސެޓޭޓް ޓުރިޕްއިން ނިންމަވާ އެނބުރި ގައުމަށް ވަޑައިގެން ދެއްވި ޕުރެސްގައި ތުރުކީއަށް ދިވެހިން ދާން ވިސާއެއް ބޭނުން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މިކަމީ މާމޮޅު ފޮރިން ޕޮލިސީއެއްްކަމަށް ދައްކަންވެގެން މީޑިއާތަކުގައި އެކި އެކި ހެޑިންގެ ދަށުން ހެއްޔަންބޯ ހަލީލު ލިޔުއްވިއެވެ.
ނަަމަވެސް ރައީސް މުއިއްޒު އެއްވެސް އެހީއެއް ހަމަ ނުޖެހި، ތުރުކީއިން އެބުރި ވަޑައިގެން، އެ ދަތުރުފުޅުން ދެ ޤައުމުގެ ދެމެދުގައި ވިސާ ފުރީކޮށް ދަތުރު ކުރެވޭނެ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވީއެވެ. މިއީ ބޮޑު ލަދުވެތި ކަމެކެވެ. ގައުމެއްގެ ވަލިޔުލް އަމުރުގެ ގައިފެންނާނެ އެއްމެ ހުތުރު އެއްކަމަކީ ފާޅުގައި ރައްޔިތުންނަން އޮޅުވާލުމަށް ދޮގުހެދުމެވެ.
ދޮންއަމައަށް މައުލޫމާތު ލިބުންގޮތުގައި މުއިއްޒު ތުރުކީއަށް ވަޑައިގަތީ ސައުދީ ދަތުރު ކެންސަލް ވުމުން، އެ ލަދުން ސަލާމަތް ވުމަށް އަމިއްލަ އަށް އެދިގެންނެވެ. އަދި އެއީ ސްޓޭޓް ވިޒިޓަކަށް ނުވާތާގައި އެ ޤައުމުން އާންމުކޮށް ޤައުމުތަގެ ވެރިންނަށް ދޭ ސަމާލުކަމެއް މުއިއްޒަށް ދީފައި ނުވެއެވެ. އެތައް މިލިއަން ރުފިޔާއެއް އިސްރާފު ކުރުމަށްފަހު ކުރެއްވި ދަތުރުފުޅުން ތެލަށްކަނޑާލާވަރުވެސް ނުވިއެވެ.
ޅެންވެެރިޔަކު ބުނެފައިވެއެވެ. "ކަތުން އުރެދިއްޖެ ނަމަ, އެކަމަށް ރަތުން ދައްކާނެ އިންޒާރެއް" ކަމަށެވެ.
0%
0%
0%
0%
0%
ގަފޫރު
23 ޑިސެންބަރު 2023
މޮޅުވާހަކަ ނުދައްކާ ހުރުން ބުއްދިވެރި.
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4